ފަތްމިނި

ޕާކިސްތާންގައި އަންހެނުން

ޕާކިސްތާން މީޑިއާގައި މިއަދު އިހުތިފާލް ކުރި ޚަބަރަކީ، ކަޝްމީރުގެ އަންހެން ޕައިލެޓަކު، މަރްޔަމް މުޖުތަބާ، އެއަރބަސްގެ ބޯޓެއް ދުއްވަން ފެށްޓި ވާހަކައެވެ. ސަރުކާރުން ވަނީ މި ކަމަނާއަށް މަރުހަބާ ކިޔާފައެވެ. މިއީ ބަޔަކަށް އާދައިގެ ކަމަކަށްވިއަސް ޕާކިސްތާންގައި ވަރަށް ޚާއްސަ ފާހަގަ ކޮށްލެވޭ ކަމެކވެ. އަންހެނުންގެ ހައްގަށް އެދި ކޮންމެ އަހަރަކު ބާއްވާ އައުރަތު މާޗަށްފަހު ބައިވެރިން ދެން މަސައްކަތް ކުރަން ޖެހެނީ، އެމީހުންނަށް ޚިޔާލު ފާޅުކުރުމުން ލިބެމުންދާ އިންޒާރުތަކުން …

އިތުރަށް ވިދާޅުވުމަށް ...

އިންޑިއާގެ ބެޑްމިންޓަން ޗެމްޕިއަން އަޒްރާ

އިންޑިއާގެ ބެޑްމިންޓަން ޗެމްޕިއަން އަޒްރާއަކީ އިންޑިއާގެ ކަޝްމީރުގެ ޒުވާން އަންހެނެކެވެ. ކަޝްމީރުގެ ޒުވާން އަންހެނުންގެ ރޯލް މޮޑެލްއެކެވެ. މިހާރު އަޒްރާ މަސައްކަތް ކުރަމުން ދަނީ ކަޝްމީރުގެ ކަނބަލުންނަށް ފިޓްނަސް އެކަޑެމީއެއް ހުޅުވުމަށް ބޭނުންވާ މަސައްކަތްތައް ކުރަމުންނެވެ. ފިޒިކަލް އެޑިއުކޭޝަންގެ ދާއިރާއިން އޭނާ ވަނީ މާސްޓަރޒް އާ ހަމައަށް ކިޔަވާފައެވެ. އޭނާގެ ކާމިޔާބީއާ ބެހޭ ގޮތުން ކިޔައި ދިން ގޮތުގައި ކުޅިވަރުގެ ދާއިރާގައި އޭނާ ފުރަތަމަ ފެށީ ކްރިކެޓް ކުޅޭށެވެ. މިއީ …

އިތުރަށް ވިދާޅުވުމަށް ...

ވާލެއް ޔާރެއް ނެތް ގަބުރުތަކާ ހަވާލުވާ ކަނބުލޭގެ

އިންޑިއާގެ ލަކްނައުގެ އަޒްރާ މުބީން އަކީ ބޯ ހަރު އަންހެނެކެވެ. އޭނާ ފަސްޖެހޭކަށް ކަމެއް ނޯވެއެވެ. މިފަހަރު އަޒަރާ ކޮށް ދެއްކި ޚާއްސަ ކަމަކީ ކޯވިޑް19 ޖެހިގެން މަރުވާ، ވާލެއްޔާރެއް ނެތް ހިންދީންގެ ޖަނާޒާގެ ކަންކަން ބަލަހައްޓައި ދިނުމެވެ. މާނައަކީ، އެމީހުންގެ ގަބުރުތައް އެންދުމުގައި އެހީތެރިވެ ދިނުމެވެ. އޭނާ ކިޔައިދިން ގޮތުން އޭނާ މިކަމަށް އަނބުރާލީ، މީހަކު އެހީއަކަށް އެދިގެން އެފްބީގައި ކޮށްފައިވާ ޕޯސްޓަކުންނެވެ. އޭގައި އެމީހާ ބުނަނީ ތިމަން …

އިތުރަށް ވިދާޅުވުމަށް ...

ޔޫއޭއީގެ ފުރަތަމަ އަންހެން ކާރް މެކޭނިކް

ޔޫއޭއީގެ ފުރަތަމަ އަންހެން ކާރު މެކޭނިކް ހުދާ އަލް މަޠްރޫޝީއަކީ ޝާރްޖާގެ ރަށްވެއްސެކެވެ. އޭނާ ކާރް މެކޭނިކެއްގެ މަސައްކަތުގައި އުޅޭކަން ޔޫއޭއީގެ ވެރިންގެ ސަމާލުކަމަށް އަތުވެއްޖެއެވެ. ހުދާ ބުނިގޮތުގައި އަބޫދާބީގެ ކްރައުން ޕްރިންސް މުޙައްމަދު ބިން ޒާއިދު އާލްނަހްޔާން އޭނާއަށް ގުޅުއްވައި މަރުޙަބާއާއި ތަޢްރީފްގެ ބަސްތައް ވިދާޅުވުމުން އޭއަށް ލިބުނީ އުފާވެރިކަމަކާއި ސިހުމެކެވެ. އުމުރުން 36 އަހަރުގެ ހުދާ ވަނީ އަމިއްލަ ގަރާޖެއް ހުޅުވާފައެވެ. އަރަބިން، އަހަރުތަކެއް ވަންދެން އަންހެނުން …

އިތުރަށް ވިދާޅުވުމަށް ...

ޕާކިސްތާންގައި ޒުވާން އަންހެނަކު މަރާލައިފި

ޕާކިސްތާން ދަރިކޮޅުގެ އިނގިރޭސި ރައްޔިތަކު، އިއްޔެ ފަތިހު މަރާލައިފިއެވެ. ކަރާޗީގެ ޑިފެންސް ކޮލޮނީގައި ހިނގާފައިވާ މިހާދިސާގައި މަރާލާފައިވާ މާއިޒާ ޒުލްފިޤާރަކީ، މީގެ އަހަރެއްހާ ދުވަސްކުރިން ޕާކިސްތާނަށް ކައިވެންޏަކަށް އައި 26 އަހަރުގެ ޒުވާން އަންހެނެކެވެ. އެއަށްފަހު އޭނާ ކަރާޗީގައި ކުއްޔަށް ތަނެއް ހިފައިގެން މަޑުކޮށްގެން ހުރީއެވެ. އޭނާގެ ބޮޑު ބޭބެ، އުރުދޫ އިންޑިޕެންޑެންޓަށް ދިން އިންޓަރވިއުގައި ބުނެފައި ވަނީ އޭނާއާ އިންނަށް ހުށަހެޅި މީހަކަށް ނޫނެކޭ ބުނުމުން އެމީހާ އޭނާއަށް …

އިތުރަށް ވިދާޅުވުމަށް ...

ހަތަރު އަހަރުގެ އަންހެން ކުއްޖަކު އެމްސީޕީ ހަދައިފި

އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކު މައިކްރޯސޮފްޓް ޕްރޮފެޝަނަލް ސަރޓިފިކެޓް ހޯދައިފިއެވެ. މައިކްރޯސޮފްޓުން ބުނާ ގޮތުން، އަރީޝް ފާތިމާ އަކީ މައިކްރޯސޮފްޓް ސަރޓިފައިޑް ޕްރޮފެޝަނަލް (އެމްސީޕީ) ހޯދި ފުރަތަމަ އެންމެ ހަގު ކުއްޖާއެވެ. އޭނާއަށް ލިބިފައި ވަނީ 831 މާކްސްއެވެ. އަރީޝް ފާތިމާއަކީ ޕާކިސްތާންގެ ކަރާޗީގެ ކުއްޖެކެވެ. އޭނާގެ ބައްޕައަކީވެސް އައިޓީ ޕްރޮފެޝަނަލްއެކެވެ. މައިކްރޯސޮފްޓްގެ ތާރީޚްގައި މީގެ ކުރިން މިސަރޓިފިކެޓް ހޯދި އެންމެ ހަގު ކުއްޖާއަކީ އުމުރުން ފަސް އަހަރުގައި …

އިތުރަށް ވިދާޅުވުމަށް ...

ހިތްވަރުގަދަ އަންހެން ކުއްޖެއް

ޖޯރޖް ފްލޮއިޑްގެ ހާދިސާއާއި އެއަށްފަހު ޝަރީއަތް ނިމިގެން ދިޔަ ގޮތް މީޑިއާއިން ތަފްސީލުކޮށް ގެނަސްދީފައި ވެއެވެ. ކޯޓުން އަދި ހުކުމް ކޮށްފައި ވަނީ މި ކަމުގައި އުޅުނު އިސް ފުލުސް މީހާއަށެވެ. އެއީ، ޑްރެކް ޝޯވިން އެވެ. އޭނާގެ ޝަރީއަތުގައި އެންމެ ބާރުގަދަ ހެއްކަކަށް ވެގެން ދިޔައީ އުމުރުން އެއިރު 17 އަހަރުގެ އަންހެން ކުއްޖަކު ނަގާފައި ފޭސްބުކްގައި ޝެއަރ ކުރި ވީޑިއޯއެވެ. ޝޯވިންގެ ޝަރީއަތުގައި އެންމެ ފުރަތަމަ ހެކިންގެ …

އިތުރަށް ވިދާޅުވުމަށް ...

އީނާސް އައްޝަހްވާން ފިންލެންޑްގެ ސަފީރު ކަމަށް

ސައޫދީ އަރަބިއްޔާއިން ކަނޑައަޅާ ތިންވަނަ އަންހެން ސަފީރާ މިއަދު ސަލްމާން ރަސްގެފާނުގެ ކުރިފުޅުމަތީގައި ހުވައި ކުރައްވައިފިއެވެ. ސަފީރާ އީނާސް އައްޝަހަވާން، އައްޔަން ކުރައްވާފައި ވަނީ ފިންލެންޑާއި އައިސްލެންޑަށެވެ. ހުވައި ކުރުމުގެ ރަސްމިއްޔާތުގައި ޚާދިމުލްޙަރަމައިން ބައިވެރިވެ ވަޑައިގަތީ ވީޑިއޯ ލިންކެއް މެދުވެރިކޮށެވެ. އޭނާ އަކީ ކެރިއަރ ޑިޕްލޮމޭޓެކެވެ. 2007ގައި ފޮރިން މިނިސްޓްރީގައި ވަޒާފާ އަދާކުރައްވަން ފެށްޓެވީ އިންޓަރނޭޝަނަލް ރިލޭޝަންސްއިން އޮސްޓްރޭލިއާގައި މާސްޓަރޒް ފުރިހަމަ ކުރެއްވުމަށްފަހުއެވެ. އޭނާއަކީ އަންހެން ޑިޕްލޮމޭޓުން ބިނާ ކުރުމަށް …

އިތުރަށް ވިދާޅުވުމަށް ...

ނާއިލާ ލާމަސީލް ނަމޫނާއެއް:ރައީސް ސޯލިޙް

ހޮނިހިރު ދުވަހުގެ ހެނދުނު އަވަހާރަވި ހ. ނީލްވިލާ އަލްމަރްޙޫމާ ނާއިލާ އިބްރާހީމް ކަލޭފާނަކީ، ދަރިވަރުން ތަރުބިއްޔަތު ކޮށްދެއްވުމުގައި ލާމަސީލު ނަމޫނާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ. ގިނަ ދުވަސްތަކަކަށް އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އުމުރުފުޅުން 72 އަހަރުގައި އޭޑީކޭ ހޮސްޕިޓަލުގައި ނިޔާވި ނާއިލާ އިބްރާހިމް ކަލޭފާނަކީ އަމީނިއްޔާ ސްކޫލަށް ވަރަށްދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި އެ ސްކޫލުން އޭރު ކިޔެވި ހުރިހާ ދަރިވަރުންގެ “ފޭވަރިޓް މިސް” …

އިތުރަށް ވިދާޅުވުމަށް ...

އަންހެނުންނަށް ބަންގާޅު ވަރެއް ނެތް

އަންހެނުން ހަމަހަމަ ކުރުމުގައި ދެކުނު އޭޝިއާގައި ބަންގްލަދޭޝް ވަރެއް ނެތް ކަމަށް ވަރލްޑް އިކޮނޮމިކް ފޯރަމްގެ ރިޕޯޓަކުން ބުނެފިއެވެ. 2014 އިން ފެށިގެން ބަންގްލަދޭޝް އުޅެނީ އަންހެނުން ބާރުވެރި ކުރުމުގައި އަވަށްޓެރިންނަށް ވުރެން މާ ކުރީގައެވެ. އެހެން ނަމަވެސް ގްލޯބަލް ޖެންޑާ ގެޕްގައި ބަންގްލަދޭޝް ވަނީ 156 ގައުމުގެ ތެރޭން 15 ނުކުތާ ދަށަށް ގޮސް 65 އަށް ތިރިވެފައެވެ. ޖިންސްގެ ތަފާތު ކުޑަ ކުރުމުގައި ބަންގްލަދޭޝް އެއްވަނާގައި އޮތް …

އިތުރަށް ވިދާޅުވުމަށް ...