ރިޕޯޓް

އެމެރިކާގެ ޓައިވާން ސިޔާސަތު ބަދަހި ގުޅުމަކާ ދިމާއަށް

ޓައިވާންގެ ފަސްމަންޒަރު: ޗައިނާގެ ނުފޫޒުން ކޮރެއާ މިނިވަން ކުރުމަށް ޖަޕާނުން ފެށި ހަނގުރާމައިގައި ޗައިނާގެ ޝާހީ ޗިންގ ރަސްކަމަށް ބޮޑެތި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނެވެ. ޖަޕާނަށް ބަދަލު ދޭން ޖެހުމުގެ އިތުރުން ބިމުގެ ސަރަހައްދުން ބޮޑު ބައެއްވެސް ޗައިނާއަށް ގެއްލިގެން ދިޔައެވެ. 17 އެޕްރީލް 1895ގައި ޖަޕާނާއި ޗައިނާއާ ދެމެދު ސޮއިކުރެވުނު ޝިމޯނޯސެކީ ސުލްހައިގެ މުއާހަދާގެ ދަށުން ޓައިވާން ޗައިނާއާ ޙަވާލު ކުރެވުނެވެ. މި މުއާހަދާއާ ޚިލާފަށް ޖަޕާނާ ދެކޮޅަށް …

އިތުރަށް ވިދާޅުވުމަށް ...

މޮދީގެ ހަތް އަހަރުގެ ވެރިކަން ހަތް ޗާޓުން

ވަޒީފާތައް އިތުރަށް އުފެއްދުމުގެ ވައުދާއި ތިޔާގި އިގްތިސާދެއް ބިނާ ކުރުމުގެ ވައުދާއި ސަރުކާރުގެ ހުރަސްތައް ނެތިކޮށްލުމުގެ ވައުދުގައި ނަރެންދްރަ މޮދީ ވެރިކަމަށް ވަޑައިގަތްތާ ހަތް އަހަރު ވެއްޖެއެވެ. އޭނާގެ ވެރިކަމުގެ ހަތް އަހަރު ދުވަސް ފެންނަނީ އަނދިރިކޮށެވެ. ކުރިންވެސް ދެރަވަރުކޮށް އިގްތިސާދެއް މިހާރު ވަނީ ކޮވިޑް19ގެ ސަބަބުން އިރުތަށް ލޫދިގެން ގޮސްފައެވެ. އޭޝިއާގެ ތިން ވަނައަށް އެންމެ ބޮޑު އިގްތިސާދު މިހާތަނަށް ފެނިފައިވާ ގޮތް މިޗާޓްތަކުން ބީބީސީން ގެނެސްދީފައި ވަނީ …

އިތުރަށް ވިދާޅުވުމަށް ...

ޖިހާދުގެ ނަމުގައި ޓެރަރިޒަމް

ހަތިޔާރު އަޅައިގެން ދޭން ބޭނުންވާ ކޮންމެ ހަމަލާއަކީ ޖިހާދު ހެއްޔެވެ؟ އިސްތިއުމާރުގެ އަޅުވެތިކަމުން މިނިވަން ވުމަށް މުސްލިމު ގައުމުތަކުގައި ގޮވާ ލެވުނީ ޖިހާދަށެވެ. މުސްލިމުންގެ ބައިމަދު ގައުމުތަކުގައިވެސް އިސްތިއުމާރާ ދެކޮޅަށް މުސްލިމުން ތެދުވީ މި ލޭބަލްގެ ދަށުންނެވެ. އިޒްރޭލާ ދެކޮޅަށް ފަލަސްތީނުގެ މީހުން ހަނގުރާމަ ކުރަނީ ޖިހާދުގެ ނަމުންނެވެ. ސޫރިޔާގައި ބައްޝާރުލް އަސަދުގެ ސަރުކާރާ ދެކޮޅަށް ތެދުވި މީހުން ތެދުވީވެސް ޖިހާދުގެ ނަމުންނެވެ. ޔަމަންގައި ހޫތީންވެސް އަދި ހޫތީންނާ ދެކޮޅަށް …

އިތުރަށް ވިދާޅުވުމަށް ...

ބޮލަށް ތުރާ ނުކުރާށެވެ!

ފުނަމާ އާދަމް މަނިކު.    އިއްޔެ އަހަރެމެން ކޯޅި،ކޯޅިއަށް އެއްވެ ތިބެގެން ގޮވައިނެގި ގޮވެލިފަތި ކޮބައިހެއްޔެވެ؟ ” އެވެނި ރައްޔިތެއްގެ މުދާ ސަރުކާރުން ފޭރިގެން ވާހަކައެވެ!” މިވެނިބައެއްގެ ޙައްޤަށް ސަރުކާރުން އަރައިގެން ވާހަކައެވެ!” ރަށްރަށުގެ ކައުންސިލްތައް ސަސްޕެންޑް ކުރާ ވާހަކައެވެ!” ރައްޔިތުން އިންތިޚާބުކުރި މެމްބަރުންގެ ގޮނޑި ހަމައެއް އިންސާފެއްނެތި ކޯޓުތަކުން ގެއްލުވާލަން ނެރޭ ހުކުމް ތަކުގެ ވާހަކައެވެ!” މަޖިލީހުގެ މެމްބަރުންތަކެއް ފާރުމަތީން ނަގައި އުކާލި ވާހަކައެވެ!” މިނޫނަސް ކިތަންމެ ބޭއިންސާފުން …

އިތުރަށް ވިދާޅުވުމަށް ...

ދައުލަތުގެ ފައިސާއަށް އަމާނާތްތެރި ވާންޖެހޭނެ!

ފުނަމާ އާދަމް މަނިކު. ސަރުކާރެއް އައިސް އަބަދުވެސް އެސަރުކާރަކާ އިދިކޮޅު ފަރާތްތަކުގެ ތެރެއިން ތަނަވަސްކަން ލިބިގެންވާ ބަޔަކަށް ސިޔާސީގޮތުން ޖެއްސުންކޮށް އެބައެއްގެ މަސައްކަތައް ހުރަސް އެޅުމަކީ ދިވެހި ތާރީޚުގައިވެސް ހިނގަމުންދާ ކަންކަމެވެ. ރައީސް ނާސިރުގެ ވެރިކަން ނިމިގެން ދިއުމާއި އެކުގައި އެއިރު ރާއްޖޭގައި ތިއްބެވި ބޮޑެތި މަހުޖަނުން ކަމަށް ބެލެވޭ މަދު ބަޔަކުގެ ތަނަވަސްކަން ނަގާލަން ކުރެވުނު މަސައްކަތް ތަކަކީވެސް އެފަދަ ކަންކަމެވެ. އޭގެ ކުރީންވެސް ގުޅީ އީސަ ކަލޭފާނުމެން …

އިތުރަށް ވިދާޅުވުމަށް ...

ވޯލްޑް ބޭންކުން ވެސް ރާއްޖެއަށް އުފާވެރިކަން

ކޮވިޑް-19 ގެ ސަބަބުން ވެއްޓުނު އަޑިގަނޑުން އަރައިގަތުމަށް އެކަށޭނަ ފިޔަވަޅުތައް އަޅައި އެ ކަންކަމަށް ތަބާވުމުގެ ނަތީޖާއެއްގެ ގޮތުން، މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ބާރަށް ކުރިއަރަން ފަށައި، ރާއްޖޭގެ އިގްތިސާދު ވެސް މިހާރު އޮތީ ކުރީގެ ހާލަތަށް ދިއުމުގެ މަގުމަތީގައި ކަމަށް ވޯލްޑް ބޭންކުން ރާއްޖެ އާއި ނޭޕާލް އަދި ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދު-ޒާވޮސް ވިދާޅުވެއްޖެ …

އިތުރަށް ވިދާޅުވުމަށް ...

ސިޔާސީ ނުވެ އަޅެވިސްނާ ބަލައިލާށެވެ!

ފުނަމާ އާދަމް މަނިކު.     ދުނިޔޭގެ ތާރީޚުގައިވެސް އެއްވަނަ ދަރަޖައިގައި ލިބެމުންދާ އެންމެބޮޑު އެއް ގެއްލުމެއް މުޅިހުރިހައި ގައުމަކަށް ލިބެމުންމިދާ ދުވަސްވަރަކީ މިކޮވިޑްގެ ދުވަސްވަރު ކަމުގައި ބުނުމަކީ ކުށަކަށް ނުވާނެއެވެ. މިނޫނަސް ދުނިޔޭގެ ގައުމުތަކަށް އެކިއެކި މުސީބާތްތަކާއި ކުރިމަތިލާން ޖެހި އެތަކެއް ފުރާން ގެއްލި އަދި އިގްތިސާދީ ވަޅުގަނޑުތަކަށް ވެއްޓިފައިވާ އަދަދު މަދެކޭ ނުދަންނަވަމެވެ. ނަމަވެސް ކޮވިޑްގެ މިވަބާވެރި ކަމުގެ ހާލަތު މުޅިދުނިޔެއަށް ހުރިހައި ރޮނގަކުން އޭގެ ނުރައްކާތެރިކަމުގެ އަސަރު …

އިތުރަށް ވިދާޅުވުމަށް ...

ސަމާލު! ވަގުން ތިބީ ކޯޓްފަޓްލޫނުގައި

ރައްޔިތުމީހާ ޖަލުގައި ތިބޭނީ ވެރިންނެއް ނޫން! ކުށްވެރިން! ޖަލަކީ މީހުން މަޖާކޮށް ޗުއްޓީ ހޭދަކޮށްލަން ދާތަނެއް ނޫނެވެ. އެއީ ތިމާގެ “ގަޓް” ކަން އާއްމުންނަށް ދައްކާލުމަށް ދުވަސްކޮޅަކަށް ދާ ތަނެއް ވެސް ނުމެ ނޫނެ އެވެ. އަދި ކިއެއްތަ އެއީ މުޖުތަމަޢުގެ އެންމެ ދަށް ފެންވަރުގެ ޢަމަލުތައް ހިންގާ، ގާނޫނުތަކާ ޚިލާފްވާ މީހުން ޢާންމު މުޖުތަމަޢުން އެކަހެރިކޮށް ގެންގުޅެން ހަދާފައި ހުންނަ ތަންތަނެވެ. ޖަލުގެ އޮޅިން މީހަކަށް އެތެރެވެވޭނީ ނުވަތަ …

އިތުރަށް ވިދާޅުވުމަށް ...

ބޮޑު ދެގެރި ތެޅީމައި ބާރުކުރާނީ ކަށްގަލަށް!

ފުނަމާ އާދަމް މަނިކު.     މިއަދުދެން ނުބުނެ ތިބެވޭކަށް ނެތެވެ. އުމުރު ހޭދަކޮށްގެން އުންމީދުކުރި އިންސާފުވެރި ސިޔާސަތެއް ހޯދައި ލިބުނީ އެމްޑީޕީއާއި ގުޅިގެން ހިންގި ސިޔާސީ ހަރަކާތުގެ ތެރެއިން ކަމުގައި ހީކޮށް ކުރިމަގުގެ ރީތިހުވަފެން ދުށުމުގައި ދުވަސްތައް ގުނަމުންގެންދަނީ ދިވެހީންގެ ތެރެއިން ކިތައް މީހުންހެއްޔެވެ؟ މިއުންމީދުގައި “ހިތި،ހިތި” ތިބެ މިދުނިޔެއާއި ވަކިވެދިޔައީ އަހުރެންގެ ހާދަހާގާތް އެތަކެއް އަޚުން އުޚުތުންނެވެ. އެމްޑީޕީގެ ހަރަކާތެއް ހިނގާ ތަނެއްގައިނަމަ އަސާގަނޑު ޖަހައިގެންވެސް އެކަމުގައި ބައިވެރިވެ …

އިތުރަށް ވިދާޅުވުމަށް ...

ނޫސްވެރިކަމުން މިސަރުކާރު 48 ދަރަޖަކުުރިއަށް

އިބްރާހިމް މުޙައްމަދު ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަން ދަރަޖަކުރާ ލިސްޓުން، ރައީސް ސޯލިޙުގެ ސަރުކާރު އައިފަހުން ރާއްޖެ 48 ދަރަޖައިގެ ކުރިއެރުމެއް ހޯދައިފި އެވެ. އެގޮތުން މިއަހަރު ވެސް ނިމިދިޔަ އަހަރަށް ވުރެ 7 ޖަރަޖައިގެ ކުރިއެރުމެއް ވަނީ ހޯދައިފަ އެވެ. ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން އަހަރަކު އެއް ފަހަރު އެކުލަވާލާ ލިސްޓުން ރާއްޖެއަށް މި އަހަރު ލިބުނީ ރޭޓްކުރި 180 ގައުމުގެ ތެރެއިން 72 ވަނަ އެވެ. …

އިތުރަށް ވިދާޅުވުމަށް ...