ފަހުގެ ޚަބަރުތައް

އިންޑިއާގެ ވެކްސިން އުފެއްދުން އިތުރުވާން ފަށައިފި

އެސްޓްރާޒެނެކާ އިން މަހެއްގެ މައްޗަށް 20 މިލިއަން ވެކްސިން އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ. އެމެރިކާއިން އިޢްލާން ކުރިގޮތުގައި އިންޑިއާއަށް މަހެއްގެ މައްޗަށް ވިހި މިލިއަން ޑޯޒް ތައްޔާރު ކުރެވޭ ވަރަށް ރޯމެޓީރިއަލް ސަޕްލައި ކޮށްދިނުމަށް އެމެރިކާއިން ވަނީ ނިންމާފައެވެ. އިންޑިއާގެ އަމިއްލަ ވެކްސިނެއްކަމަށްވާ ބާރަތު ބައޯޓެކްގެ ކޯވެކްސިން ގެ 60 އާއި 70 މިލިއަން ޑޯޒް މަހެއްގެ މައްޗަށް އުފެއްދުމަށް އެކުންފުނިން ނިންމާފައި ވެއެވެ. އަދި ސެޕްޓެމްބަރާ ހިސާބުގައި 100 …

އިތުރަށް ވިދާޅުވުމަށް ...

ސްރީލަންކާގައި އަނެއްކާވެސް އާގުބޯޓެއްގައި ރޯވެއްޖެ

ސްރީލަންކާގެ ބަނދަރާ ކައިރިކުރުމަށްޓަކައި ބޭރު ބަނދަރުގައި އަޅާފައި އޮތް އާގު ބޯޓެއްގައި ރޯވެގެން އަދަނމުންދާތާ ހަ ދުވަސް ވެއްޖެއެވެ. އެމްވީ އެކްސްޕްރެސް ޕަރލް ގައި ރޯވެފައިވާ އަލިފާން ގަނޑު ކޮންޓްރޯލް ކުރުމަށް ސްރީލަންކާގެ ނޭވީން އެދުމުން އިންޑިއާއިން ވަނީ އަލިފާން ނިއްވާ ޓަގްބޯޓާއި ޑޯނިޔާ މަތިންދާބޯޓާއި ސިފައިންގެ އުޅނަދުތައް ފޮނުވާފައެވެ.  މިބޯޓަކީ ކެމިކަލްގެ ބާވަތެއް އިންޑިއާގެ ބަނދަރަކުން ބަރާކޮށްގެން ސިންގަޕޯރަށް ދަތުރުކުރަމުން ދިޔަ ބޯޓެކެވެ. ބޯޓުގައި ރޯވެފައިވާ އަލިފާަން ގަނޑު …

އިތުރަށް ވިދާޅުވުމަށް ...

އަނެއްކާވެސް ކޮވިޑް ފެށުގޮތް ހޯދުމަށް އެދިއްޖެ

ކޮވިޑް19 ވައިރަސް ފެށުނީ ކޮން ހިސާބަކުން ތޯ ބަލަން ސައިންޓިސްޓުން ތަހުގީގު ކުރުމަށް ދެވަނަ ފުރުސަތެއް ދޭން ޖެހޭނެ ކަމަށް އެމެރިކާއިން ބުނެފިއެވެ. އެމެރިކާގެ ސިއްހަތާ ބެހޭ ވަޒީރު މިފަދައިން ބަޔާން ދެއްވާފައި ވަނީ ޑަބްލިއުއެޗްއޯގެ މަޖިލީހުގައި ސިއްޙހަތާ ބެހޭ ވަޒީރުންގެ ބައްދަލުވުމުގައެވެ. އެމެރިކާއިން ބުނާ ގޮތުގައި ދެވަނަ މަރުޙަލާގެ ތަހްގީގު އޮންނަން ވާނީ ދެފުށް ފެންނަ ގޮތަށެވެ. އަދި ބައިނަލްއަގްވާމީ ސައިންޓިސްޓުން މެދުވެރިކޮށް ސައިންސްގެ އުސޫލުތަކަށް ބިނާކޮށް، ކަމަށެވެ. …

އިތުރަށް ވިދާޅުވުމަށް ...

ނިއުދިއްލީ މެޑަމް ޓޫސޯ މިއުޒިއަމް އަންނަ އަހަރު

ނިއުދިއްލީގައި ހުންނަ މެޑަމް ޓޫސޯ ވެކްސް މިއުޒިއަމް އަލުން އަންނަ އަހަރު ހުޅުވާނެ ކަމަށް ބުނެފިއެވެ. ކޮވިޑްގެ ހާލަތާ ގުޅިގެން މި މިއުޒިއަމް ބަންދުކޮށްފައި ހުންނަތާ މިހާރު އަހަރެއްހާ ދުވަސް ވަނީ އެވެ.   މެޑަމް ޓޫސޯ ދިއްލީ މިއުޒިއަމުން މަސައްކަތް ކުރަމުން ދަނީ އިންޑިއާގެ ފްރޮންޓް ލައިންގައި ކޮވިޑަށް ޚިދުމަތް ކޮށްދިން މީހުންނަށް ޝުކުރު އަދާ ކުރުމުގެ ގޮތުން މިއުޒިއަމް ހުޅުވާއިރު އެމީހުންނަށް ޚާއްސަ ޑިސްކައުންޓަކާއެކު މިއުޒިއަމް ހުޅުވާށެވެ. …

އިތުރަށް ވިދާޅުވުމަށް ...

އެފްރިކާގައި ޗައިނާއިން އަޅާ ބިޔަ އިމާރާތްތައް

އެފްރިކާގެ ގައުމުތަކުގެ މަލަމަތިން ފެންނާން ހުން ޗާލޫ ރީތި އިމާރާތްތަކަކީ ޗައިނާއިން ބިނާކޮށްދީފައިވާ އިމާރާތްތަކެވެ، ފޮރިން މިނިސްޓްރީތަކާއި  ރައީސުންނާއި ޑިކްޓޭޓަރުންގެ އެދުމަށް ބިނާ ކުރާ ރިއާސީ ގަނޑުވަރުތައް ވިދާ ބަބުޅަނީ، ޗައިނާއިން އެތަންތަން ޑިޒައިން ކޮށް އިމާރާތްކޮށް، އިންޓީރިއާ ހަދައި ބިއްރޫރި ޖަހައި ދިނުމުންނެވެ. ޗައިނާއިން ދަނީ އެފްރިކާގައި ޕޮލިސް ހެޑްކުއާޓާރތަކާއި ސިފައިންގެ މީހުންގެ ގެތަކާއި ޕާލަމެންޓް ބިލްޑިންގތައްވެސް އަޅައި ދެމުންނެވެ. މި ވާހަކަތައް ރިޕޯޓް ކުރުމަށްފަހު ސައުތު ޗައިނާ …

އިތުރަށް ވިދާޅުވުމަށް ...

އަސްކަރީ ހޭދަ ބޮޑު ނުކުރުމަށް ޗައިނާގެ އިންޒާރެއް

ޖަޕާނުން އަސްކަރީ ހޭދަ އިތުރު ކުރާނެ ކަމަށް ބުނުމުން އެކަމަށް ޗައިނާއިން ނުރުހުން ފާޅުކޮށްފިއެވެ. ޖަޕާނުގެ ދިފާއީ ވަޒީރު ވަނީ ޖަޕާނުން އާދަވެގެން އަމަލުކުރާ ޖީޑީޕީގެ އެއް ޕަސެންޓް އަސްކަރީ ހޭދައަށް ކަނޑައެޅުމާ ޚިލާފަށް މިފަހަރު އަމަލު ކުރަން ޖެހިދާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ. މިވާހަކައަށް ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ ރައްދު ދީފައެވެ. ތަރުޖަމާން ވިދާޅުވިގޮތުގައި ޗައިނާއިން މަސައްކަތް ކުރާ ކުރިމަތިލުމަކަށް ދިއުމަށް ކަމަށާއި އަދި ޖަޕާނުގެ އަމާޒަކީ، …

އިތުރަށް ވިދާޅުވުމަށް ...