ފަހުގެ ޚަބަރުތައް

ކެބިނެޓަށް ބަދަލު ގެންނަނީ

ވަޒީރުންގެ މަޖިލީހަށް ބަދަލު ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ. ރަައީސް އޮފީހުގައި ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި، ތަރުޖަމާނު މަބްރޫކް ވިދާޅުވީ ސަރުކާރުގެ ހިންގުމަށް ބަދަލު ގެންނަން ލީޑަރުންނާ އެކު މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށާއި އެ މަޝްވަރާތައް ނިމުމުން އެކަން ހިއްސާކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ރައީސް ސޯލިހް ކެބިނެޓްގެ ދެ މަގާމަކަށް ބަދަލު …

އިތުރަށް ވިދާޅުވުމަށް ...

ޕްރެސް ފްރީޑޮމް ޑޭގެ ތަހުނިޔާ

މިއަހަރުގެ ވަރލްޑް ޕްރެސް ފްރީޑޮމް ޑޭގެ މައުޟޫއަކީ، އާންމު ފައިދާއަށް މަޢްލޫމާތު ފެތުރުމެވެ. ނިމިގެން މިދާ ނޫސްވެރިކަމުގެ އަހަރަކީ، އާންމުންގެ ފަރާތުން މަށޢްލޫމާތު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ އަހަރެއްކަން ފާހަގަ ކުވެއެވެ. އަދި ނިދާފައި އޮތް އިންފޮމޭޝަން ކޮމިޝަނަށް ސަރުކާރުން ދިރުމެއް ދިން އަހަރެއްކަން ވެސް ފާހަގަ ކުރެވެއެވެ. ޕްރެސް ފްރީޑޮމް ޑޭގެ މުނާސަބާގައި، ރާއްޖޭގެ ހީވާގި ނޫސްވެރިންނަށް ހޫނު މަރުހަބާއެއް ކިޔަމެވެ. މިއަރުގެ ޕްރެސް ފްރީޑޮމް ޑޭ …

އިތުރަށް ވިދާޅުވުމަށް ...

ސިއްރުން ފޮރުވާފައިވާ ފަޅު އަވަށެއް

މިއީ އާދަޔާ ޚިލާފް އަވަށެކެވެ. މާދުވަސްވީ ތަނެއް ނޫނެވެ. އެހެނަސް މިތާނގެ ވާހަކަ ކިޔައި ދޭނެ ބަޔަކު ނެތެވެ. ކައިރި ހިސާބުގެ އަވަށްތަކުގެ މީހުން ބުނަނީ މިއަވަށް ފަޅުވެފައި ވަނީ ރޭގަނދަށް ފާޅުވާ ޖިންނިއެއްގެ ސަބަބުން ކަމަށެވެ. މީހުން ސިފަ ކޮށްދޭ ގޮތުގައި މި ޖިންނި ސޮރު ނުވަތަ ކަނބުލޭގެ ލޯ ހުންނަނީ ބުޅަލެއްގެ ލޮވާވައްތަރު ގޮތަކަށް ދިއްލި ފައެވެ. ދެ އަތްވެސް ހުންނަނީ ކަފި ފަޅާފައިވާ މުގުރެއް ހެންނެވެ. …

އިތުރަށް ވިދާޅުވުމަށް ...

މިއަދުގެ ދުނިޔެ

ހުޅަނގު ސުމަޓްރާ ޕްރޮވިންސް (އިންޑޮނޭޝިއާ)ގެ ކޯރެއްގައި އޮކްސިޖަން މަދުވުުމުގެެ ސަބަބުން މަސްތައް މަރުވެފައި ދުނިޔޭގައި މި ވަގުތު ޮއތް އެންމެ ބޮޑު މަތިންދާ ބޯޓްގެ ޓެސްޓް ފްލައިޓްގެ ހަތަރު ގަޑީގެ އުދުހުމުގައި ކެލިފޯނިޔާގެ މޯހާމް ޑެޒާޓްގައި ނެދަރލެންދްގެ ޓިއުލިޕް ގާރޑަންތައް އެކިކުލަކުލައިގެ ޓިއުޕިޕްތަކުން ޒީނަތްތެރިވެފައި. ކޮވިޑް19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއެކު މިތަންތަނަށް ޒިޔާތަރް ކުރާނެ ފަތުރުވެރިންނެއް ނެތް ހަސްފަތާލުގައި އެނދުތައް މަދުވެ ބަލި މީހުން ގުނަވުމުން ދިއްލީގެ ބެންކުއެޓް ހޯލެއްގައި …

އިތުރަށް ވިދާޅުވުމަށް ...

ބައިޑެންގެ ފުރަތަމަ ސްޕީޗް އަމާޒު ކުރެއްވީ ޗައިނާއަށް

އެމެރިކާގެ ރައީސް ޖޯ ބައިޑެން ކޮންގްރެސްއާ މުޚާތަބު ކުރައްވައި ދެއްވި ފުރަތަމަ ތަގްރީރުގައި ޚާރިޖީ ސިޔާސަތުގެ ބޮޑު ބައި އަމާޒު ކުރެއްވީ ޗައިނާއަށަވެ. އޭނާ ވިދާޅުވީ އެމެރިކާއިން އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގައި ސިފައިން ބައިތިއްބާނެ ކަމަށެވެ. އަދި ޓެކްނޮލޮޖީއާއި ވިޔަފާރީގެ ދާއިރާގައި ޗައިނާއާ ވާދަ ކުރަން ޖެހޭނެ ކަމަށްވެސް އޭނާ ބާރު އެޅުއްވިއެވެ. ބައިޑެން ވިދާޅުވީ ޔޫރަޕްގައި ނޭޓޯ އޮންނަ ފަދައިން އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގައ އެމރިކާ …

އިތުރަށް ވިދާޅުވުމަށް ...

އިންޑިއާ:3ޑީން ޕްރިންޓް ކޮށްފައިވާ ފުރަތަމަގެ

އިންޑިއާގައި 3ޑީ ކޮށް ޕްރިންޓް ކޮށްގެން ގެއެއް ބިނާ ކޮށްފިއެވެ. މި ގެއަކީ، ބެޑްރޫމަކާއި ސިޓިން ރޫމަކާއި ބަދިގެއަކާއެކު ހަދާފައިވާ ގެއެވެ. 600 އަކަ ފޫޓްގެ ބިމެއްގައި މި ގެ ރާނާ ނިންމާފައި ވަނީ ފަސް ދުވަހުންނެވެ. މިއީ އަލަށް މި ދާއިރާއަށް ނިކުތް ކުންފުންޏަކުން 3ޑީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ޗާޕްކޮށްފައިވާ ގެއެކެވެ. 3ޑީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ގެތައް ޕްރިންޓް ކުރުމަކީ މިހާރު ކުރިއަރަމުން އަންނަ ދާއިރާއެކެވެ. ޔޫއޭއީއާއި …

އިތުރަށް ވިދާޅުވުމަށް ...