ފަހުގެ ޚަބަރުތައް

އިރާގްގައި އައު ވެރިރަށެއް ބިނާ ކުރަނީ

އިރާގްގައި އައު ވެރިށެއް ހެދުމަށް ނިންމައިފިއެވެ. އައްރަފީލް ސިޓީ ހަދާނީ ބަޣްދާދް އެއަރޕޯޓް ކައިރީގައެވެ. ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ބިނާ ކުރާ މިސިޓީ ބިނާ ކުރާނީ 400 އަކަ ކިލޯމީޓަރުގެ ސަރަހައްދެއްގައެވެ. ފުރަތަމަ ފިޔަވަހީގައި ތިން ލައްކަ މީހުންނަށް ބޭނުންވާ 75 ހާސްގެއާއި އެއާ ގުޅޭ އިންފްރާސްޓްރަކްޗަރ ބިނާ ކުރާނެއެވެ. މި މަޝްރޫއުން އެއް މިލިއަން މީހުންގެ ބޭނުންތައް ފުދިގެންދާނެ ކަމަށް ބުނެއެވެ. އަދި މިއާއެކު ވަގުތުން ލައްކަ މީހުންގެ …

އިތުރަށް ވިދާޅުވުމަށް ...

އދގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ގުޓަރޭޒް

އދގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް ދެވަނަ ދައުރަށް އދގެ އާންމު މަޖިލީހުން މިހާރުގެ ވެސް ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުޓަރޭޒް އައްޔަން ކޮށްފިއެވެ. އދގެ ސަލާމަތީ މަޖިލީހުން ދެވަނަ ދައުރަށް ގުޓަރޭޒްގެ ނަން ހުށަހެޅީ މިމަހުގެ 8 ގައެވެ. ޕޯރޗުގަލްގެ ކުރީގެ ސިޔާސީ ލީޑަރުގެ ދައުރު އދގައި ހަމަވާނީ 2027 ގައެވެ. އުމުރުން 72 އަހަރުގެ ގުޓަރޭޒްއަކީ މި މަގާމަށް މިފެށޭ ދައުރަށް ރަސްމީގޮތުން ނަން ހުށަހެޅުނު ހަމައެކަނި ފަރާތެވެ.

އިތުރަށް ވިދާޅުވުމަށް ...

އީރާންގެ ރައީސްކަމަށް އެގައުމުގެ އުއްތަމަ ފަނޑިޔާރު

އީރާންގެ އުއްތަމަ ފަނޑިޔާރު އިބްރާހިމް ރައީސީ އީރާންގެ ރައީސްކަމަށް އިންތިޚާބް ވެވަޑައިގެންފިއެވެ. އޭނާއަށް ލިބިވަޑައިގެންފައި ވަނީ 62 އިން ސައްތަ ވޯޓެވެ. އޭނާއާ ގާތުން ވާދަ ކުރެއްވި މަރުކަޒީ ބެންކުގެ ކުރީގެ ރައީސް ޢަބްދުއްނާސިރު ހިންމަތީ ވަނީ ބަލި ގަބޫލުކުރައްވާފައެވެ. މިއީ 1979ގެ އިންގިލާބަށްފަހު، އީރާންގައި މީހުން އެންމެ މަދުން ވޯޓްލީ އިންތިޚާބެވެ. މީހުން ވޯޓްލާން ނިކުތުމަށް ސަރުކާރާއި އީރާންގެ ދީނީ ލީޑަރު އަލީ ޚަމަނާއީވެސް ވަނީ އެދިވަޑައިގެންފައެވެ. އިބްރާހީމް …

އިތުރަށް ވިދާޅުވުމަށް ...

ޢަބްދުﷲ ޝާހިދު އެނބުރި ވަޑައިގެންފި

 އދގެ އާންމު މަޖިލީހުގެ ރިއާސަތަށް ކުރިމަތި ލެއްވުމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ނިއުޔޯކަށް ކުރެއްވި ދަތުފުޅު ނިންމަވައި ލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ. އެމަނިކުފާނު ވަނީ ނިއުޔޯކުން އެނބުރި ވަޑައިގަތް ދަތުރުފުޅުގައި އިއްޔެ އަބޫދާބީ ގައި ޔޫއޭއީގެ ޚާރިޖީ ވަޒީރު ޝެއިޚް ޢަބްދުﷲ ބިން ޒާއިދު އާލް ނަހްޔާންއާވެސް ބައްދަލު ކުރައްވާފައެވެ. އދގެ ކުރިއަށް އޮތް ދައުރުގެ ރިއާސަތަށް ޢަބްދުﷲ ޝާހިދު ހޮވިވަޑައި ގަތީ، އަފްޣާނިސްތާންގެ …

އިތުރަށް ވިދާޅުވުމަށް ...

އަޑަށް ވުރެން ބާރަށް ދަތުރުކުރާ ބޯޓް އުފައްދަނީ

އެމެރިކާގެ ޔުނައިޓެޑް އެއަރ ލައިނުން ފަސިންޖަރުން އުފުލަން އަޑަށް ވުރެން ބާރަށް ދަތުރުކުރާ މަތިންދާ ބޯޓްތައް ބޭނުން ކުރަން ފަށާނެ ކަމަށް އިޢްލާން ކޮށްފިއެވެ. ސެންފްރާންސިސްކޯގެ ސުޕަރސޮނިކް ބޫމް ކުންފުނިން އުފައްދާ މަތިންދާ ބޯޓްތަކަކީ ރޮކެޓް ސްޕީޑްގައި ދަތުރުކުރާނެ ބޯޓްތަކެކެވެ. ޔުނައިޓެޑުން ބުނިގޮތުގައި މި ދުވެލި ހަލުއި ބޯޓްތަކުގެ ފުރަތަމަ 15 ބޯޓް ބޭނުން ކުރަން ފަށާނީ 2025 ގައެވެ. އެއަށްފަހު އިތުރު 35 ބޯޓް ގެން ގުޅޭނެ ކަމަށްވެސް …

އިތުރަށް ވިދާޅުވުމަށް ...

ގޮންޖޯ ގައި ކޮވިޑް ފެތުރޭތީ ބައެއް ތަންތަން ބަންދުކޮށްފި

ޗައިނާގެ ގޮންޖޯގެ ބައެއް ސަރަހައްދުތަކުގައި ކޮވިޑް19 ފެތުރުމާ ގުޅިގެން އެ ސަރަހައްދުތައް ބަންދުކޮށްފިއެވެ. އާންމުކޮށް ދިވެހިން ވިޔަފާރިއަށް ގޮސް އުޅޭ ގޮންޖޯގެ ބައެއް ސަބްވޭތަކާއި ބަސް ސްޓޮޕްތައްވެސް ވަނީ ބަންދުކޮށްފައެވެ. ބައެއް ސްޓޭޝަންތަކަށް އުޅަނދުތައް ހުއްޓިނަމަވެސް މީހުންނަށް އެތަންތަނަށް ފޭބުމުގެ އިތުރުން އެތަންތަނުން އުޅަނދަށް އަރައިގެން ދަތުރުކުރުން ވަނީ މަނާކޮށްފައެވެ. ބޭރަށް ނިކުމެ އުޅުން މަނާކޮށްފައިވާ ސަރަހައްދު ތަކުގައި ގެތަކުން ކޮންމެ ދުވަހަކު ވިޔަފާރިއަށް ހުއްދަ ދެނީ އެންމެ މީހަކަށެވެ. …

އިތުރަށް ވިދާޅުވުމަށް ...