ފަހުގެ ޚަބަރުތައް

އިންޑިއާއިން ވެކްސިން އިމްޕޯޓް ކުރަނީ

އިންޑިއާގައި ވެކްސިން ލިބުމުގެ ތަދުމަޑުކަމެއް އުޅޭތީ ގައުމުން ބޭރުން ވެކްސިން ގަތުމަށް ހަތަރު ސްޓޭޓަކުން ނިންމައިފިއެވެ. ކޮވިޑް19ގެ ދެވަނަ ރާޅު ފެތުރުމާ ގުޅިގެން އިންޑިއާއިން ވަނީ ކޮވިޑާ ގުޅޭ ބައެއް ފަރުވާގެ ސާމާނު އެތެރެ ކުރުމަށް ސްޓޭޓް ސަރުކާރުތަކަށް ލުޔެއް ދީފައެވެ. އިންޑިއާގެ ސުޕްރީމް ކޯޓުގައި ބޭއްވި އަޑު އެހުންތަކުގައިވެސް ސްޓޭޓްތަކުގެ ޗީފް މިނިސްޓަރުންގެ ފަރާތުން ވަނީ ވެކްސިން އަގު ބޮޑުކަމުގެ ވާހަކަ ދައްކަވާފައެވެ. އިންޑިއާގެ މަރުކަޒީ ސަރުކާރުން ވަނީ …

އިތުރަށް ވިދާޅުވުމަށް ...

އެމެރިކާއިން އިންވެސްޓްކޮށްގެން ވެކްސިން އުފައްދަނީ

 އެމެރިކާއިން މަސައްކަތް ކުރަމުން ދަނީ އިންޑިއާގައި ވެކްސިން އުފައްދާ ފަރާތަކާ ބައިވެރިވެގެން ޖޯންސަން އެންޑް ޖޯންސަން ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދަން ކަމަށް އެމެރިކާ މަސްއޫލުވެރިއަކު ހާމަ ކުރައްވައިފިއެވެ. އެމެރިކާ އެމްބަސީން ބުނިގޮތުގައި، އެމެރިކާގެ ބެލްޓިމޯރ ފެސިލިޓީއެއްގައި އުފައްދާފައިވާ އެސްޓްރާޒެނެކާގެ ވެކްސިންގެ ބާރުގެ ގޮތް ނޭނގޭތީ އެމެރިކާއިން އަދިވެސް އެ ވެކްސިންއަށް ހުއްދަ ދީފައި ނުވާ ކަމަށެވެ. އެމެރިކާއިން ނިންމާފައި ވަނީ އެސްޓްރާޒެނެކާގެ 60 މިލިއަން ވެކްސިން ޑޯޒް …

އިތުރަށް ވިދާޅުވުމަށް ...

އެމެރިކާގެ ސަމާލުކަމަށް ޗައިނާގެ އިންޒާރު

ޗައިނާއިން ބަންގްލަދޭޝްއަށް ދިން އިންޒާރު ފާހަގަ ވެފައިވާ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފިއެވެ. ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން ނެޑް ޕްރައިސް ނޫސްކޮންފަރެންސްގައި ވިދާޅުވީ، އެމެރިކާއިން ބަންގްލަދޭޝްއާއެކު ވަރަށް ބަދަހި ގުޅުމެއް ހިއްސާ ކުރާ ކަމަށެވެ. ޑާކާގައި ހުންނަވާ ޗައިނާގެ އެމްބެސެޑަރ ދެއްކެވި ވާހަކަފުޅުވެސް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ބަންގްލަދޭޝްގެ ސިޔާދަތަށް އެމެރިކާއިން އިހުތިރާމް ކުރާ ކަމަށާއި އަދި ޚާރިޖީ ސިޔާސަތުގައި ބަންގްލަދޭޝްއިން އަމިއްލަ ނިންމުންތައް ނިންމުމަކީ ލިބިގެންވާ ހައްގެއްކަމަށް …

އިތުރަށް ވިދާޅުވުމަށް ...

ބަންގްލަދޭޝްއަށް ޗަައިނާގެ އިންޒާރު

ބަންގްލަދޭޝްއިން، ޗައިނާއާ ދެކޮޅު އިއްތިހާދީ ހަތަރު ގައުމުގެ ޖަމާއަތުގައި ބައިވެރި ނުވުމަށް ޑާކާގައި ހުންނަ ޗައިނާ އެމްބަސީން އިންޒާރު ދީފިއެވެ. ޗައިނާ އެމްބަސީން ބުނެފައިވަނީ ބަންގްލަދޭޝް އިން މި އިއްތިހާދުގައި ބައިވެރިވެއްޖެނަމަ، ދެ ގައުމުގެ ގުޅުމަށް ބުރޫއަރާނެ ކަމަށެވެ. ޗައިނާ އެމްބެސެޑަރ ލީ ޖިމިންގ ގެ މި އިންޒާރު އައިސްފައި ވަނީ، ޗައިނާގެ ދިފާއީ ވަޒީރު ޑާކާއަށް ވަޑައިގެން، ރައީސް އަބްދުލް ޙަމީދުއާ ބައްދަލު ކުރައްވައި މި އިއްތިހާދު ގައި …

އިތުރަށް ވިދާޅުވުމަށް ...

ހިއުމަން ރައިޓްސްއިން ޗައިނާ ގުޅުމަށް އަސަރު ކުރޭ

ޗައިނާއިން ބޭނުން ނުވިއަސް، ހުޅަނގުގެ ގައުމުތަކުން ދަނީ ޗައިނާގެ އިންސާނީ ހައްގުތަކުގެ މައްސަލާގައި ފާޅުގައި ވާހަކަ ދައްކަމުންނެވެ. ޗައިނާގެ އިންސާނީ ހައްގުގެ މައްސަލައިން އިތުރަށްވެސް ހުޅަނގާއި ޗައިނާގެ ގުޅުން ގޯސްވެދާނެ ކަމަށް ބެލެވެއެވެ. މިއިން ޔޫރަޕާއި ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ވަނީ ހިޔަނި އެޅިފައެވެ. ޗައިނާގައި ހުޅޫވާފައިވާ ހުޅަނގުގެ ފެޗަން ބްރޭންޑްތަކަށްވެސް އަސަރުކޮށްފައި ވެއެވެ. ޗައިނާއިން ޝިންޖިއާންގައި ހިންގާ އަމަލުތަކުގެ ސަބަބުން އެމެރިކާއިން ވަނީ ޝިންޖިއާންގެ އުފެއްދުމާއި ޝިންޖިއާންއިން …

އިތުރަށް ވިދާޅުވުމަށް ...

ޗައިނާއަށް އިގްތިސާދީ ގޮންޖެހުންތަކެއް އެބަހުރި

ކޮރޯނާއާ ގުޅިގެން އަސަރު ކުރި ބޮޑެތި އިގްތިސާދުތަކުގެ ތެރޭން އެންމެ ފުރަތަމަ ކޮއްޅަށް ތެދުވި އިގްތިސާދަކީ ޗައިނާ އިގްތިސާދެވެ. ނަމަވެސް ޗައިނަގެ އިގްތިސާދަށް ގޮން ޖެހުންތަކެއް ހުރި ކަމަށާއި އަދިވެސް ހީނަރުކަމެއް އިގްތިސާދަށް ކުރިމަތިވެފައި އޮތް ކަމަށް ޗައިނާ ބޮޑު ވަޒީރު ވިދާޅުވެއެވެ. ޗައިނާ ބޮޑު ވަޒީރު ލީ ކާއިޝެކް ފާހަގަ ކުރެއްވިގޮތުގައި ސަރުކާރުގެ ބިއުރޯކްރެސީއާއި ވަޒީފާތައް އުފެއްދުން މަދުވުމާއި، ޕްރައިވެޓް ސެކްޓަރއަކީ އަދިވެސް އިގްތިސާދުގައި ނުތަވަސްކަން ހުރި ދިމަދިމާއެވެ. …

އިތުރަށް ވިދާޅުވުމަށް ...