ޚަބަރު

ކޮވިޝީލްޑުގެ ދެވަނަ ޑޯޒް ޖަހަން ފަށައިފި

ކޮވިޑުން ރައްކާތެރިވާން ޖަހާ ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަން ފަށައިފި އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އޮފިޝަލަކު ވިދާޅުވީ ހެޔޮ އެދޭ ފަރާތަކުން ހަދިޔާކޮށްފައިވާ ކޮވިޝީލްޑް ވެކްސިން ލިބުމާއި ގުޅިގެން އަލުން ފެށި ކޮވިޝީލްފުގެ ދެވަނަ ޑޯޒް ޖެހުމުގެ ޕްރޮގްރާމް މެދުނުކެނޑި ދެން ކުރިއަށްގެންދެވޭނެ ކަމަށެވެ. އެނގިފައިވާ ގޮތުގައި، މި ވެކްސިން ލިބުނީ ސީދާ ސަރުކާރުން އެކި ފަރާތްތަކާ ގުޅައި ކުރި މަސައްކަތުންނެވެ. އެޗްޕީއޭ …

އިތުރަށް ވިދާޅުވުމަށް ...

ހަރުފައެއް ފެނުނު ވާހަކަ

ރާއްޖެއިން ހަރުފައެއް ފެނިއްޖެއެވެ. ދުނިޔޭގެ އެކި ބިތުން މުދާ އެތެރެ ކުރާ ގައުމެއް ކަމަމުން ރާއްޖެއަށް ނުރައްކާ ޒާތުގެ ފައި ދިގު މަކުނުން ފެށިގެން ކޯބުރާ ހަރުފައަށް ދާނދެން އެތެރެ ވެދާނެ ކަމަށް ބަލަން ޖެހޭނެ އެވެ. ސިންގަޕޫރު މީދަކީ މިފަދަ އެކައްޗެކެވެ. ރާއްޖޭގެ ވެށްޓަށް ބީރަށްޓެހި އޮށެއް ވަރުގެ ކުޑަ މި މީދާ، އެއް ދުވަސްވަރެއްގައި ނިކަން ތިޔާގި ކޮށް އުޅުނެވެ. ބާވަތެއްގެ ހަނގުރާމައެއް ކަމަށް ބަލައިގެން، މީދާ …

އިތުރަށް ވިދާޅުވުމަށް ...

ޢަބްދުﷲ ޝާހިދު އެނބުރި ވަޑައިގެންފި

 އދގެ އާންމު މަޖިލީހުގެ ރިއާސަތަށް ކުރިމަތި ލެއްވުމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ނިއުޔޯކަށް ކުރެއްވި ދަތުފުޅު ނިންމަވައި ލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ. އެމަނިކުފާނު ވަނީ ނިއުޔޯކުން އެނބުރި ވަޑައިގަތް ދަތުރުފުޅުގައި އިއްޔެ އަބޫދާބީ ގައި ޔޫއޭއީގެ ޚާރިޖީ ވަޒީރު ޝެއިޚް ޢަބްދުﷲ ބިން ޒާއިދު އާލް ނަހްޔާންއާވެސް ބައްދަލު ކުރައްވާފައެވެ. އދގެ ކުރިއަށް އޮތް ދައުރުގެ ރިއާސަތަށް ޢަބްދުﷲ ޝާހިދު ހޮވިވަޑައި ގަތީ، އަފްޣާނިސްތާންގެ …

އިތުރަށް ވިދާޅުވުމަށް ...

ރައީސް ޤައުމާ މުޚާތަބު ކުރެއްވުން

ގައުމާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙު، މިރޭ ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އަދިވެސް އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. ރައީސްގެ ވާހަފުޅުގައި ވިދާޅުވީ، އީދުގެ އުފާވެރިކަމަށް އެޅިފައިވާ ހިޔަންޏަކީ، ކޮވިޑް19ގެ ބަލި މަޑު ކަމވެ. އަދި އަހަރެއް ވަންދެން ގައުމު ފުރަބަންދެއްގައި އޮތުމުން އިގްތިސާދަށް ލިބިފައިވާ ގެއްލުން ބޮޑު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކޮވިޑް19ގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު …

އިތުރަށް ވިދާޅުވުމަށް ...

ރައީސް ނަޝީދުގެ ރިކަވަރީ ރަނގަޅު

އަވަހާރަކޮށްލުމަށް ޓެރަރިސްޓް ހަމާލާއެއް އަމާޒުކުރެވުނު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ރިކަވަރީ ރަނގަޅުކަމަށް އާއިލާއިން ބުނެއެވެ. ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ޓެރަރިސްޓް ހަމަލާ ދީފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ އެމަނިކުފާނުގެ ގެކޮޅު، ކެނެރީގެ ކައިރިންނެވެ. ބޮޑެތި ޒަޚަމްތަކާއެކު އެމަނިކުފާނަށް ފަރުވާ ދެމުން ގެންދަނީ އޭޑީކޭ ހޮސްޕިޓަލްގައެވެ. Had a very good chat with Anni just now. He is recovering very well from …

އިތުރަށް ވިދާޅުވުމަށް ...

ކޮވިޑްގެ ހާލަތު ވަރަށް ނުރައްކާ

ކޮވިޑް19ގެ ހާލަތު ކޮންޓްރޯލް ނުވާކަން މިއަދު ސާބިތު ވެއްޖެއެވެ. ކޮންމެ ދުވަހަކީވެސް މިފަހަކަށް އައިސް ރެކޯޑް ދުވަހަކަށްވާ ފަދައިން މިއަދަކީ ބިރުވެރި ރެކޯޑް އަދަދަކަށް މީހުން ފައްސިވި ދުވަހެކެވެ. މިއަދު 1204 މީހުން ބވަނީ ފައްސިވެފައެވެ. މާލެއިން ފައްސިވެފައި ވަނީ 961 މީހެކެވެ. ރާއްޖެއިން ބަލި ޖެހިފައިވާ 10376 މީހުން ތިބި ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުން ދައްކައެވެ. މިކަމުގެ ހިތާމައަކީ، މީގައި އުމުރުން 18 އަހަރުން ދަށުގެ ކުދިންވެސް …

އިތުރަށް ވިދާޅުވުމަށް ...

ރައީސް ނަޝީދަށް އަމާޒު ކުރި ޓެރަރިސްޓް ހަމަލާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ދީފިއެވެ. މި ހަމަލާ ދީފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ ގ.ކެނެރީގެ ކައިރީގައި އެއްޗެއް ގޮއްވާލައިގެންނެވެ. މީޑިއާގައި ހިއްސާކޮށްފައިވާ މަންޒަރުތަކުން ފެންނަ ގޮތުގައި މިއީ އެއްޗެއް ސައިކަލެއްގައި ގޮއްވާލައިގެން ދީފައިވާ ހަމަލާއެކެވެ. ރައީސް ނަޝީދަށް މި ޙަމަލާ އަމާޒުވީ އެމަނިކުފާނު ކާރު ކޮޅަށް އަރުއްވަނިކޮށެވެ. މި ހާދިސާގައި ނަޝީދަށް އަނިޔާވެފައިވާއިރު އެމަނިކުފާނުގެ ސެކިއުރިޓީ އާއި ހިސާބުގނޑުން ހިނގާފައި ދިޔަ …

އިތުރަށް ވިދާޅުވުމަށް ...

ކީއްވެ މިއަދުން ފެށިގެން ނުކުރީ؟އެބަދަލަށްބާ؟

ކޯވިޑާގުޅިގެން އެޅިފިޔަވަޅުތައް ވަގުތުން ވަގުތަށް ނާޅައި، އެއްދުވަހުގެ މުއްދަތަށް ފަހު އަޅަން ނިންމީ ކީއްވެގެން ބާ އެވެ؟ އިތުބާރުކުރެވޭ މަސްދަރަކުން އެނގިފައިވާ ގޮތުގައި އެގޮތަށް ސަރުކާރުން އެގޮތަށް ނިންމީ ވަޒީރުންގެ މަޖިލިހަށާއި ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް ގެންނަވަން އުޅުއްވާ ބަދަލު ގެންނެވުމުގެ ގޮތުންނެވެ. ކެބިނެޓަށާއި ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް ބަދަލުތަކެއް ގެންނަން އުޅޭ ކަމަށް މީގެ ދެ ތިން ދުވަސް ކުރިން ވަނީ އަޑުތަކެއް އަރައިފަ އެވެ. …

އިތުރަށް ވިދާޅުވުމަށް ...

ޒަހާ ވަޒީރު ކަމުން ވަކިކޮށްފި

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރުކަލްޗަރ ޒަހާ ވަހީދު މަޤާމުން ވަކިކުރައްވައިފި އެވެ. އެނގިފައިވާ ގޮތުގައި ޒަހާ މިނިސްޓަރުކަމުން ވަކިކުރެއްވުމަށްފަހު، ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އައްޔަންކުރައްވާގޮތަށް ވަނީ ހަމަޖެހިފަ އެވެ. ޒަހާ ރައީސް އޮފީހަށް ބަދަލުކުރައްވާފައިމިވަނީ، ސަރުކާރުގެ ތެރެއަށް ބަދަލުތަކެއް ގެންނެވުމުގެ މަސައްކަތް ރައީސް ސޯލިހް ކުރައްވަމުން އަންނަކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށެވެ. އެމަނިކުފާނު ވެސް ވަނީ ޒިންމާ އެންމެ ފުރިހަމައަށް އަދާނުކުރެއްވޭ ވަޒީރުން މަޤާމުތަކުން ދުރުކޮށް، ޕަރފޯމެންސް …

އިތުރަށް ވިދާޅުވުމަށް ...

މާދަމާއިން ސްކޫލްތަކާއި އޮފީސްތައް ބަންދު

ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ރާއްޖޭގައި ކޮންޓްރޯލް ނުވެ ރެކޯޑް އަދަދަކަށް ކޮންމެ ދުވަހަކު އާ ކޭސްތައް ފެންނަމުން ދާތީ މާދަމާއިން ފެށިގެން ސްކޫލްތަކާއި ސަރުކާރު އޮފީސްތައް ބަންދުކޮށް އޮންލައިންކޮށް ހިދުމަތް ދޭގޮތަށް ސަރުކަރުން ނިންމައިފި އެވެ. މާދަމާ އިން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް، ޖުމްލަ 10 އަށް ސްކޫލްތަކާއި އޮފީސްތައް ބަންދުކުރުމަށް ފަހު އިތުރު ފިޔަވަޅުތަކެއް ވެސް އަޅަން ވަނީ ނިންމާފަ އެވެ. އެއީ …

އިތުރަށް ވިދާޅުވުމަށް ...