އިރާގްގައި އައު ވެރިރަށެއް ބިނާ ކުރަނީ

އިރާގްގައި އައު ވެރިށެއް ހެދުމަށް ނިންމައިފިއެވެ. އައްރަފީލް ސިޓީ ހަދާނީ ބަޣްދާދް އެއަރޕޯޓް ކައިރީގައެވެ. ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ބިނާ ކުރާ މިސިޓީ ބިނާ ކުރާނީ 400 އަކަ ކިލޯމީޓަރުގެ ސަރަހައްދެއްގައެވެ. ފުރަތަމަ ފިޔަވަހީގައި ތިން ލައްކަ މީހުންނަށް ބޭނުންވާ 75 ހާސްގެއާއި އެއާ ގުޅޭ އިންފްރާސްޓްރަކްޗަރ ބިނާ ކުރާނެއެވެ.

މި މަޝްރޫއުން އެއް މިލިއަން މީހުންގެ ބޭނުންތައް ފުދިގެންދާނެ ކަމަށް ބުނެއެވެ. އަދި މިއާއެކު ވަގުތުން ލައްކަ މީހުންގެ ވަޒީފާވެސް އުފެދިގެންދާނެއެވެ.