އދގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ގުޓަރޭޒް

އދގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް ދެވަނަ ދައުރަށް އދގެ އާންމު މަޖިލީހުން މިހާރުގެ ވެސް ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުޓަރޭޒް އައްޔަން ކޮށްފިއެވެ. އދގެ ސަލާމަތީ މަޖިލީހުން ދެވަނަ ދައުރަށް ގުޓަރޭޒްގެ ނަން ހުށަހެޅީ މިމަހުގެ 8 ގައެވެ.

ޕޯރޗުގަލްގެ ކުރީގެ ސިޔާސީ ލީޑަރުގެ ދައުރު އދގައި ހަމަވާނީ 2027 ގައެވެ.

އުމުރުން 72 އަހަރުގެ ގުޓަރޭޒްއަކީ މި މަގާމަށް މިފެށޭ ދައުރަށް ރަސްމީގޮތުން ނަން ހުށަހެޅުނު ހަމައެކަނި ފަރާތެވެ.