ޢަބްދުﷲ ޝާހިދު އެނބުރި ވަޑައިގެންފި

 އދގެ އާންމު މަޖިލީހުގެ ރިއާސަތަށް ކުރިމަތި ލެއްވުމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ނިއުޔޯކަށް ކުރެއްވި ދަތުފުޅު ނިންމަވައި ލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ. އެމަނިކުފާނު ވަނީ ނިއުޔޯކުން އެނބުރި ވަޑައިގަތް ދަތުރުފުޅުގައި އިއްޔެ އަބޫދާބީ ގައި ޔޫއޭއީގެ ޚާރިޖީ ވަޒީރު ޝެއިޚް ޢަބްދުﷲ ބިން ޒާއިދު އާލް ނަހްޔާންއާވެސް ބައްދަލު ކުރައްވާފައެވެ.

އދގެ ކުރިއަށް އޮތް ދައުރުގެ ރިއާސަތަށް ޢަބްދުﷲ ޝާހިދު ހޮވިވަޑައި ގަތީ، އަފްޣާނިސްތާންގެ ކުރީގެ ޚާރިޖީ ވަޒީރު އާ ވަދަކުރައްވައި 143 ވޯޓުންނެވެ.