ކަޝްމީރު ޕާކިސްތާން ސަރަހައްދު މަރާމާތު ކޮށްފި

ޕާކިސްތާން ސިފައިންނަށް އިންޑިއާއަށް ކޯފީ ބޯން އާދެވޭ ގޮތް ހަމަޖައްސައިފިއެވެ. އިންޑިއާއާއި ޕާކިސްތާން ގުޅުވައިދޭ ކަޝްމީރުގެ ބަރަމުއްލާ ސަރަހައްދުގެ ކާމަން ކްރޮސިންގގެ ކެފޭ މަރާމާތު ކުރުމަށްފަހު ހުޅުވައިފިއެވެ.

އިންޑިއާއާއި ޕާކިސްތާނާ ދެމެދު ބަސްދަތުރާއި ވިޔަފާރި ލޮރީ ދަތުރުތައް ބޭއްވި އިރު އުޅަނދުތައް ހުރަސް ކޮށްފައި ވަނީ މި ޕޮއިންޓުންނެވެ. އަދި ޕާކިސްތާންގެ ދަށުގައިވާ މުޒައްފަރުއާބާދަށް ދާ އުޅަނދުތައް ދަނީ ވެސް މިމަގުން ލައިގެންނެވެ.

އިންޑިއާއާއި ޕާކިސސްތާނާ ދެމެދު އިތުބާރު އުފެއްދުމަށް ފެށި ބަސްދަތުރާއި ވިޔަފާރި ދަތުރުތައް މިހާރުގެ ސަރުކާރުން ވަނީ ހުއްޓުވާފައެވެ.

ފަހަތުން ޕާކސިްތާން: ކުރީގެ ފޮޓޯއެއް

ކާމަން ކްރޮސިންގ ޕޮއިންޓަކީ ފަތުރުވެރިކަމުގެ މަރުކަޒެއްވެސް މެއެވެ. ސްކޫލުތަކާއި ޔުނިވަރސިޓީ ކުދިންވެސް ތަޢްލީމީ ދަތުރުތަކުގައި މިތަނަށް އާންމުކޮށް ޒިޔާރަތް ކޮށްހަދައެވެ. މިއީ އިންޑިއާގެ ސަރަހައްދު ޕާކިސްތާނާ ގުޅޭ އެންމެ ދުރު ޕޮއިންޓެވެ.

އިންޑިއާ ސިފައިން ވަނީ ކާމަން ކްރޮސިންގ ޕޮއިންޓްގައި 60 ފޫޓްގެ އުސް ދިދައެއްވެސް ހަރުކޮށްފައެވެ.

ކަޝްމީރު ވަނީ ފަތުރުވެރިކަމުގެ އައު މަންޒިލެއްގެ ގޮތުގައި ހުޅުވާލާފައެވެ.