އިންޑިއާގެ ބެޑްމިންޓަން ޗެމްޕިއަން އަޒްރާ

އިންޑިއާގެ ބެޑްމިންޓަން ޗެމްޕިއަން އަޒްރާއަކީ އިންޑިއާގެ ކަޝްމީރުގެ ޒުވާން އަންހެނެކެވެ. ކަޝްމީރުގެ ޒުވާން އަންހެނުންގެ ރޯލް މޮޑެލްއެކެވެ.

މިހާރު އަޒްރާ މަސައްކަތް ކުރަމުން ދަނީ ކަޝްމީރުގެ ކަނބަލުންނަށް ފިޓްނަސް އެކަޑެމީއެއް ހުޅުވުމަށް ބޭނުންވާ މަސައްކަތްތައް ކުރަމުންނެވެ.

ފިޒިކަލް އެޑިއުކޭޝަންގެ ދާއިރާއިން އޭނާ ވަނީ މާސްޓަރޒް އާ ހަމައަށް ކިޔަވާފައެވެ.

އޭނާގެ ކާމިޔާބީއާ ބެހޭ ގޮތުން ކިޔައި ދިން ގޮތުގައި ކުޅިވަރުގެ ދާއިރާގައި އޭނާ ފުރަތަމަ ފެށީ ކްރިކެޓް ކުޅޭށެވެ. މިއީ ފިރިހެނުން އާންމުކޮށް ކުޅޭ ކުޅިވަރެއްކަމުން ދަނޑުމަތީގައި ކަންކަން ދިޔައީ އެންމެ ގަޔާވާ ގޮތަކަށް ނޫނެވެ.

އަޒްރާ ބުނިގޮތުން ބެޑްމިންޓަން، އޭނާގެ މައި ކުޅިވަރަކަށް އިޚުތިޔާރު ކުރުމުން ގިނަ ކާމިޔާބީޔތަކެއް ލިބިފައި ވެއެވެ. އަދި އެތައް ސްޓޭޓެއްގައި އޭނާ ވަނީ ކުޅިވަރު ކުޅެފައެވެ.

މިހާރުވެސް ކަޝްމީރުގެ އެތައް ސްކޫލަކުން ފިޓްނަސް އެޑިއުކޭޝަންއާ ބެހޭ ގޮތުން ކޯޗް ކޮށްދިނުމަށާއި ވާހަކަ ދެއްކުމަށް އޭނާއަށް ދައުވަތު ލިބެއެވެ.

އަޒްރާގެ އުންމީދަކީ، ކަޝްމީރުގެ ޒުވާން އަންހެނުންނަށްޓަކައި އޭނާގެ ސްޕޯޓްސް އެކަޑެމީ ފަށައިގަނެ، ކުޅަވރުގެ ރޮނގުން އަންހެނުންގެ ކުޅަދާނަކަން ދެއްކުމެވެ.