އޮކްސިޖަން ކޮންސެންޓްރޭޓަރޒް އުފައްދަނީ

އަލީގަޅްގެ ޒުވާން ގްރޫޕަކުން އޮކްސިޖަން ކޮންސެންޓްރޭޓަރތައް އުފައްދަން މަސައްކަތް ފަށައިފިއެވެ.

އިންޖިނިއަރިންގ އެންޑް އެންވަޔަރަންމެންޓަލް ސޮލޫޝަން އަކީ ވައިގެ ސާފުކަން ބެލުމަށް ބޭނުންވާ ސާމާން އުފައްދާ އަލަށް ފަށައިގެން އުޅޭ ކުންފުންޏެކެވެ.

އިންޑިއާގައި އޮކްސިޖަން ލިބުމުގެ ދަތިކަން ހުރުމާއި އޮކްކސިޖަން ކޮންސެންޓްރޭޓަރތައް ލިބުން ދަތިވުމުން މި ކުންފުނިން ވަނީ އަމިއްލައަށް އޮކްސިޖަން ކޮންސެންޓްރޭޓަރ އުފައްދަން ނިމާފައެވެ. މިމީހުން އުފެއްދި ނަމޫނާ ކޮންސެންޓްރޭޓަރ މިހާރު ވަނީ އިލާހްއާބާދުގެ ސަރުކާރު ހަސްފަތާލުގައި ޓެސްޓް ކޮށް އެއަށް ޑޮކްޓަރުންގް ރުހުން ލިބިފައެވެ.

އީއެންޑްއީގެ ރިސަރޗް އެންޑް ޑިވެލޮޕްމެންޓް ހެޑް، ސައްޔިދު އަބްރުއްރަޙްމާން ބުޏާ ގޮތުން ބޭރުން ގެންނަ އޮކްސިޖަން ކޮންސެންޓްރޭޓަރތައް ލިބެނީ 75ހާސް ރުޕީސް އަށެވެ. އެމީހުންގެ އުފެއްދުން 40 ހާސް ރުޕީސް އަށް ވިއްކާލެވޭނެ ކަމަށެވެ.

ބިޒްނަސް ސްޓްރެޓެޖީ ހެޑް، ރަހީލް އަހްމަދު ބުނާ ގޮތުން ރޯމެޓީރިއަލް ހޯދުމަށާއި އުފެއްދުމަށް ޓަކއި އީ އެންޑް އީ އިން ދަނީ ޕްރިސިޝަން ނަމަކަށް ކިޔާ އެހެން ކުންފުންޏަކާ ވާހަކަ ދައްކަމުންނެވެ. ކުންފުނީގެ އަމާޒަކީ، ދުވާލަކަށް 30އާއި 50 ދޭތެރޭގެ އަދަދަކަށް މެޝިން އުފެއްދުން ކަމަށް އޭނާ ބުންޏެވެ.