ރައީސް ނަޝީދުގެ ރިކަވަރީ ރަނގަޅު

އަވަހާރަކޮށްލުމަށް ޓެރަރިސްޓް ހަމާލާއެއް އަމާޒުކުރެވުނު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ރިކަވަރީ ރަނގަޅުކަމަށް އާއިލާއިން ބުނެއެވެ. ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ޓެރަރިސްޓް ހަމަލާ ދީފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ އެމަނިކުފާނުގެ ގެކޮޅު، ކެނެރީގެ ކައިރިންނެވެ. ބޮޑެތި ޒަޚަމްތަކާއެކު އެމަނިކުފާނަށް ފަރުވާ ދެމުން ގެންދަނީ އޭޑީކޭ ހޮސްޕިޓަލްގައެވެ.

ރައީސް ނަޝީދަށް ހެޔޮއެދޭ ގިނަ ފަރާތްތަކުން ދުޢާކުރާ ޙާލު ބުނަމުން ދަނީ، އެމަނިކުފާނު ދެންވެސް ސިޔާސީ މަސައްކަތަށް ނުކުންނަވާނީ ކުރިއަށްވުރެން ހިތްވަރުފުޅުގަދަ ކަމާއެކު ކަމަށެވެ.

މިމޭރުމުން އެންމެ ފުރަތަމަ ޓުއީޓު ކުރެއްވީވެސް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ އެސް ޖަޔަޝަންކަރު، ލަންޑަންގައި ހުންނަވާފައެވެ.