ކޮވިޑްގެ ހާލަތު ވަރަށް ނުރައްކާ

ކޮވިޑް19ގެ ހާލަތު ކޮންޓްރޯލް ނުވާކަން މިއަދު ސާބިތު ވެއްޖެއެވެ. ކޮންމެ ދުވަހަކީވެސް މިފަހަކަށް އައިސް ރެކޯޑް ދުވަހަކަށްވާ ފަދައިން މިއަދަކީ ބިރުވެރި ރެކޯޑް އަދަދަކަށް މީހުން ފައްސިވި ދުވަހެކެވެ.

މިއަދު 1204 މީހުން ބވަނީ ފައްސިވެފައެވެ. މާލެއިން ފައްސިވެފައި ވަނީ 961 މީހެކެވެ.

ރާއްޖެއިން ބަލި ޖެހިފައިވާ 10376 މީހުން ތިބި ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުން ދައްކައެވެ.

މިކަމުގެ ހިތާމައަކީ، މީގައި އުމުރުން 18 އަހަރުން ދަށުގެ ކުދިންވެސް މިހާރު ހިމެނޭތީއެވެ. އެޗްޕީއޭއިން ބުނާ ގޮތުން މިފުރައިގެ 238 ކުދިން ހިމެނެއެވެ.  

ކޮވިޑްގެ ނުރައްކާ ބޮޑުވުމާއެކު ކޮންމެ ފަރުޟު ނަމާދެއްގައި ޤުނޫތު ނާޒިލާ ކިޔުމަށް، އިސްލާމިކް މިނިސްޓަރު ވަނީ އިރުޝާދު ދެއްވާފައެވެ.