ވާލެއް ޔާރެއް ނެތް ގަބުރުތަކާ ހަވާލުވާ ކަނބުލޭގެ

އިންޑިއާގެ ލަކްނައުގެ އަޒްރާ މުބީން އަކީ ބޯ ހަރު އަންހެނެކެވެ. އޭނާ ފަސްޖެހޭކަށް ކަމެއް ނޯވެއެވެ. މިފަހަރު އަޒަރާ ކޮށް ދެއްކި ޚާއްސަ ކަމަކީ ކޯވިޑް19 ޖެހިގެން މަރުވާ، ވާލެއްޔާރެއް ނެތް ހިންދީންގެ ޖަނާޒާގެ ކަންކަން ބަލަހައްޓައި ދިނުމެވެ. މާނައަކީ، އެމީހުންގެ ގަބުރުތައް އެންދުމުގައި އެހީތެރިވެ ދިނުމެވެ.

އޭނާ ކިޔައިދިން ގޮތުން އޭނާ މިކަމަށް އަނބުރާލީ، މީހަކު އެހީއަކަށް އެދިގެން އެފްބީގައި ކޮށްފައިވާ ޕޯސްޓަކުންނެވެ. އޭގައި އެމީހާ ބުނަނީ ތިމަން އަކީ ހަކުރުބަލި ހުންނަ މީހެއް ކަމަށެވެ. އަދި އާއިލާގެ ދެން ތިބި އަހުލުންވެސް ވަނީ، ކޮވިޑަށް ފައްސި ވެފައި ކަމަށެވެ. އެހެންވެ، މަރުވެފައިވާ ބައްޕަގެ ޖަނާޒާ ބާއްވައި ދޭނެ ބަޔަކު ނެތް ކަމަށެވެ.

އަޒުރާ ބުނީ މަޢްލޫމާތު ހޯދައިގެން، ހަސްފަތާލުން ގަބުރު ނަގައިގެން އެމްބިއުލޭންސެއް ކުއްޔަށް ހިފައިގެން ރޯދައަށް ހުރެ، އޭނާ ދިޔައީ، ގަބުރު އަންދާ ބެއިކުންތު ޑޭމްއަށެވެ.

ކޮވިޑްގެ މަރެއްކަމުގައިވާ މޫލްޗާންދް ސްރިވާސްޓަވާ އަކީ އުމުރުން 31 އަހަރުގެ މުސްލިމު އަންހެން މީހާ ލޮލުންދުށް މީހެއް ނޫނެވެ. އަދި އެމީހާގެ ނަންވެސް އޭނާ އަޑު އެހީ ހިނދުކޮޅެއް ކުރިންނެވެ. އަޒުރާ ކިޔައި ދިނެވެ. ނަމަވެސް އެންމެ ފަހުގެ ކަށުކަމާކެމި ކޮށްދޭނެ މީހަކު ނުވި، މި ވާލެއް ޔާރެއް ނެތް މީހާ ތަގްދީރުން އޭނާއާ ހަވާލު ކުރީމައި އެކަން ކުރަންވެސް ނިކުތީ ކަމަށެވެ. އަދި އެއަށްފަހު އެފްބީގައި އިޢްލާން ކޮށް އެފަދަ އަހުލެއް ނެތް މީހުންނަށް އެހީތެރިވެދޭން ފެށީ ކަމުގައެވެ.   

އަޒުރާ ކިޔައި ދޭ ގޮތުގައި މިފަދަ އަހުލެއް ނެތް މީހުން ނިކަން ގިނަ އެވެ. އެހެންވެ އޭނާ ވަނީ އޭނާގެ ދަރިން މާމަ ކައިރިއަށް ފޮނުވާފައެވެ. އަދި ފުލް ޕީޕީއީ ކިޓްގައި، ރައްކާތެރި ފިޔަވަޅާއެކު އޭނާ މިކަން ކޮށްދެނީ ކަމަށެވެ.

ގަބުރުތައް އަންދާނެ މީހުން ނެތިގެން އެކަން ނުވެފައި ތިބި މީހުން ތިބި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި އަންދާލެވޭނެ ގޮތެއް ނެތިގެން ނުވަތަ އެކަން ކޮށްދޭނެ ގޮތެއް ގަންގާއަށް މީހުންގެ ގަބުރުތައް އެޅުމުން ލައްގާ އަދަދުވެސް މަދެއް ނޫނެވެ. ޔޫޕީ ސަރުކާރުން ދަނީ މިކަން ހުއްޓުވުމަށް ކޯރުގެ އައްސޭރިފަށުގައި ފޯރި މަރަމުންނެވެ.

ގަބުރު އެންދުމުގައި އުޅެނީ ހިންދީންގެ ވަކި ފަންތިއެއްގެ ބައެކެވެ. ނަމަވެސް މިކަމަށް ނިކުންނާނެ މީހުން ނުވުމުން މުސްލިމުންގެ އެތައް ބަޔަކު މިކަމުގައި ހަރަކާތްތެރި ވެއެވެ. އަޒްރާ ބުނިގޮތުގައި އޭނާ ގަބުރު ގެންދިޔަ ތަނުގައިވެސް ހުރީ ޚުރުޝީދު ކިޔާ މީހެއްކަމަށެވެ.

ގުޖުރާތުގެ ވަޅޯދްރާގައި މުސްލިމުން މިކަމަށް ވޮލަންޓިއަރ ކުރުމުން ބީޖޭޕީގެ މަސްއޫލުވެރިން ނުރުހުން ފާޅު ކުރުމުން އެސިޓީން އެކަމާ ދެކޮޅު ހެދިކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިންޑިއާއަށް ދިމާވެފައިވާ ކޯވިޑްގެ ހިތާމަވެރި ހާދިސާގައި އެންމެން ވަނީ ދީނީ ހުރަސްތައް ނައްތާލައި އަތުގުޅުވާ ލާފައެވެ.