ކުދި ޑްރޯން ހޯދަން އެމެރިކާ ސިފައިން އޯޑަރު ދީފި

އެންމެ ކުދި ސައިޒްގެ ޑްރޯން ގަތުމަށް އެމެރިކާ ސިފައިން 15 މިލިއަން ޑޮލަރގެ އޯޑަރެއް ދީފިއެވެ. ގޮށް މުށަކަށް ވުރެން ކުދި ޑްރޯންތަކަކީ މައިދާންގައި ސިފައިންގެ މީހާ އަމިއްލައަށް ވަށައިގެންވާ މާހައުލު ބާލާލުމަށް ބޭނުން ކުރާ އުޅަނދުތަކެކެވެ.

މިއީ ގަޑިއަކު 22 ކިލޯމީޓަރަށް ދަތުރުކުރާ 2 ކިލޯ މީޓަރުގެ އޭރިއާއެއްގައި ހަރަކާތްތެރިވާ ބޮޑު ސައިޒްގެ ޗޮކްލެޓަކަށް ވުރެން ލުއި އެއްޗެކެވެ. މީގެ ދަރުރެއްގައި އެންމެ ގިނަވެގެން 25 މިނެޓަށް ހަރަކާތްތެރިވާނެއެވެ. އަދި ލައިވްކޮށް ހައި ރެޒަލޫޝަން ވީޑިއޯވެސް ފޮނުވާނެއެވެ.

އެމެރިކާ ސިފައިން އޯޑަރު ދިނީ މީގެ ކިތައް ޑްރޯނެއް ކަމަކަށް ނުބުނެއެވެ. މިޑްރޯން ބްލެކް ހޯނެޓް3، އުފައްދަނީ އެފްއެލްއައިއާރް ސިސްޓަމުންނެވެ.