ކަޝްމީރު ރަށްފުށު ހިސާބުން ޒުވާނުންގެ ތަމްރީން

އިންޑިއާއިން ޖައްމޫ ކަޝްމީރުގެ ރަށް ފުށުގެ ހިސާބުތަކުން ޒުވާނުން ހޮވައިގެން އެމީހުންގެ ހުނަރު އިތުރު ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. މިމީހުންނަށް ދޭ ތަމްރީންގެ ތެރޭގައި ކޮމާޝަލް ޕައިލެޓް ޓްރެއިނިންގއާއި ކެބިން ކުރޫގެ ތަމްރީނާއި ބޭސްފަރުވާއާ ގުޅޭ ތަމްރީނާއި އިންފޮމޭޝަން ޓެކްނޮލޮޖީއާއި ނަރސިންގ އަދި ނޫސްވެރިކަން ހިމެނެއެވެ.

ސަރުކާރުން މި ކަމަށް ހުޅުވާލާފައި ވަނީ 250 ސްކޯލަރޝިޕް ފުރުސަތެވެ. މިއިން ޕައިލެޓް ޓްރެއިނިންގއަށް ފުރުސަތު ދޭނީ 10 ކުއްޖަކަށެވެ. އަދި ކެބިން ކުރޫގެ ގޮތުގައި ދިހަ ކުއްޖަކަށެވެ.

ނޫސްވެރިކަމުގެ ދާއިރާއަށް ދިހަ ކުއްޖަކަށާއި މެޑިސިންގ ގެ ދާއިރާއށް 60 ކުދިންނަށެވެ.

ކަޝްމީރުގައި އަންހެން ޕައިލެޓް އާއިޝާ އަޒީޒުގެ ވާހަކަ އާންމު ވިފަހުނ ޒުވާނުންގެ މެދުގައި ޕައިލެޓް ތްރޭނިންގ ވަނީ ވަރަށް މަގްބޫލު ކަމަކަށް ވެފައެވެ.