އޯލާއިން ހިލޭ އޮކްސިޖަން ކޮންސެންޓްރޭޓާތައް

އިލެކްޓްރިކް އުޅަނދު އުފެއްދުމުގެ މަސައްކަތުގައި އުޅޭ އޯލާ އިލެކްޓްރިކް ކުންފުނީގެ ވެރިޔާ ބަހަވީޝް އަގަރްވާލް ވަނީ ހިލޭސާބަހަށް މަސައްކަތް ކުރާ އޯލާ ފައުންޑޭޝަންއިން އޮކްސިޖަން ފޯރ އިންޑިއާގެ ނަމުން ޚާއްސަ ކެމްޕޭނެއް ފަށައި، ގިވް އިންޑިއާ އާ ގުޅިގެން ދިހަ ހާސް އޮކްސިޖަން ކޮންސެންޓްރޭޓަރ ހިލޭ ދިނުމަށް ނިންމާފައެވެ.

ޓުއިޓާގައި މިކަން އިޢްލާން ކުރަމުން އޭނާ ބުނެފައި ވަނީ އޯލާ އެޕް މެދުވެރިކޮށް ކޮންސެންޓްރޭޓަރއަށް އެދެވޭނެ ކަމަށެވެ. އަދި އެޕުން އެ އެދުމަށް އާނ ބަސް ބުނުމުން އޯލާއިން ގޮސް އޮކްސިޖަން ކޮންސެންޓްރޭޓަރ ހަވާލު ކުރަނެ ކަމަށެވެ.

އޯލާ އިލެކްޓްރިކް އަކީ އިންޑިއާއާއި ދުނިޔޭގެ އިލެކްޓްރިކް ސައިކަލްއަށް އިންގިލާބެއް ގެނައުމަށް މަސައްކަތް ކުރާ ކުންފުންޏެކެވެ.