މުޢުޖިޒާތުން ފުރިގެންވާ سورة القدر

ދިރާސާ ކޮށްލާއިރު سورة القدر އިން ހައިރާން ކުރަނިވި ކަންތައްތަކެއް ފާހަގަ ކޮށްލެވެއެވެ. މިމައުޟޫއަށް އެހެން މީހުން ވެސް މިވާހަކަ ލިޔެފައި ވެއެވެ. އެކަމަކު މުނާސަބާއައި މައުޟޫއުގެ މުނާސިބުކަމުން ތަކުރާރު ކޮށްލުމަކީ ބޭނުންތެރި ކަމެކެވެ.

ﷲ ވަޙީކުރައްވަނީ، ކީރިތި ޤުރުއާން ليلة القدر ގައި ބާވައިލެއްވައި އެ ރޭގެ މާތް ކަމާ ބެހޭ ގޮތުންނެވެ. އެ ރޭގައި އަޅާ ކުރާ ހެޔޮކަމަކީ، އެއްހާސް މައްސަރުގެ ހެޔޮކަމާ އެއްވަރުގެ ހެޔޮ ޢަމަލުތަކެއް ކަމުގައެވެ. މާނައަކީ، 84 އަހަރު ވަންދެން ހެޔޮކަންތައްތައް ކުރުން މަތީ ހުރުމުން ކުރެވޭނެ ހެޔޮކަންތައްތަކާ އެ އެންމެ ރެއެއްގައި ކުރާ ހެޔޮކަންތައްތަކާ އެއްވަރު ވާނެ ކަމެވެ.

މާތްﷲ އަކީ އަޅުން ކުރާ ކަންތައްތަކަށް އެތައް ގުނަ އިތުރަށް ޖަޒާ ދެއްވާ ރަސްކަނލާގެއެވެ.

ﷲ ވަޙީ ކުރައްވަތެވެ!

(إِنَّا أَنْزَلْنَاهُ فِي لَيْلَةِ الْقَدْرِ(1) وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ(2) لَيْلَةُ الْقَدْرِ خَيْرٌ مِنْ أَلْفِ شَهْرٍ(3) تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِمْ مِنْ كُلِّ أَمْرٍ(4) سَلَامٌ هِيَ حَتَّى مَطْلَعِ الْفَجْرِ(5))،

މާތްﷲގެ މި ވަޙީގެ ބަސްފުޅަށް ނިކަން ނަޒަރު ހިނގާލަމާ ހެއްޔެވެ.

سورة القدرގެ ކަލިމަ ތަކުގެ އަދަދަކީ، 30 އެވެ. ކީރިތި ޤުރުއާނުގައި ހިމެނެނީ 30 ފޮތެވެ. ނުވަތަ ޖުޒުއު އެވެ.

سورة القدرގެ އަކުރުތަކުގެ ޖުމުލައަކީ، 114 އެވެ. އެއީ، ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ ޖުމުލަ އަދަދެވެ.

ليلة القدر އަށް އިޝާތާރް ކޮށްފައިވާ هِيَ ގެ ތަރުތީބަކީ، 27 އެވެ.

ބައެއް ޙަދީޘްތަކގައި އައިސްފައިވާ ގޮތުން ليلة القدر އަކީ 27 ވިލޭރެއެވެ. އިމާމް މުސްލިމް ރިވާކުރެއްވި أُبيُّ بن كَعب رضِيَ اللهُ عنهُ ގެ ހަދީސެއްގައި ވަނީ، 27 ވިލޭރޭގެ އަޅުކަން ކުރުމަށް މާތް ނަބިއްޔާ صلَّى الله عليه وسلَّمَ އަމުރު ކުރެއްވި ކަމަށެވެ.
މީގެ އިތުރަށް ފާހަގަ ކުރެވޭ އެހެން ކަންތައްތަކުގެ ތެރޭގައި القدر ތިންފަހަރު މަތިން ތަކުރާރު ވެފައި ވެއެވެ. އެއީ 5 ވަނަ ކަލިމައިގައި އާއި، 10 ވަނަ ކަލިމައިގައި އާއި، 12 ވަނަ ކަލިމައިގައެވެ. މިއަދަދުތައް އެއްކޮށްލުމުން ޖުމުލައަކީ، 27 އެވެ.

ސުއާލަކީ، މިއީ އިއްތިފާގެއް ހެއްޔެވެ؟ ނުވަތަ އިންސާނުން ނުކުޅައްދާލާ ވަރުގެ އިޢްޖާޒެއް ހެއްޔެވެ؟ لا يأتيه الباطل من بين يديه ولا من خلفه.


އަޅާގެ ދުޢާއަކީ މިއީއެވެ!
 اللهم ارزقنا ليلة القدر، خيرها وبركتها ونورها وهداها، وتقبل اللهم منا ما مضى من رمضان على ما فيه من خلل وتقصير، وأعنا يا الله ووفقنا على صيام وقيام ما بقي من رمضان على الوجه الذي يرضيك عنا يارب العالمين، واجعلنا ممن يوفق لقيام ليلة القدر، واعتق رقابنا من النار ووالدينا ومن أحبنا ومن أحببنا، اللهم إنك عفو تحب العفو فاعف عنا، اللهم إنك عفو تحب العفو فاعف عنا.