ޔޫއޭއީގެ ފުރަތަމަ އަންހެން ކާރް މެކޭނިކް

ޔޫއޭއީގެ ފުރަތަމަ އަންހެން ކާރު މެކޭނިކް ހުދާ އަލް މަޠްރޫޝީއަކީ ޝާރްޖާގެ ރަށްވެއްސެކެވެ. އޭނާ ކާރް މެކޭނިކެއްގެ މަސައްކަތުގައި އުޅޭކަން ޔޫއޭއީގެ ވެރިންގެ ސަމާލުކަމަށް އަތުވެއްޖެއެވެ.

ހުދާ ބުނިގޮތުގައި އަބޫދާބީގެ ކްރައުން ޕްރިންސް މުޙައްމަދު ބިން ޒާއިދު އާލްނަހްޔާން އޭނާއަށް ގުޅުއްވައި މަރުޙަބާއާއި ތަޢްރީފްގެ ބަސްތައް ވިދާޅުވުމުން އޭއަށް ލިބުނީ އުފާވެރިކަމަކާއި ސިހުމެކެވެ.

އުމުރުން 36 އަހަރުގެ ހުދާ ވަނީ އަމިއްލަ ގަރާޖެއް ހުޅުވާފައެވެ.

އަރަބިން، އަހަރުތަކެއް ވަންދެން އަންހެނުން ފޭލިގެއަށް ލައިގެން އުޅުމަށްފަހު، މިނިވަންކަން ދީ ފުރުސަތު ފަހިކޯށް ދިނުމުން އަންހެނުން ދަނީ އެކި މައިދާނުގައި އެމީހުންގެ ކުޅަދާނަކަން ދައްކަމުްނނެވެ.

ހުދާ ކާރު މަރާމާތު ކުރާތާ 16 އަހަރު ވެއްޖެއެވެ. އޭނާ އަމިއްލަ ވަރކްޝޮޕެއް ހުޅުވީ 2020ގައެވެ.