ޑްރޯންގައި ދުރު ހިސާބަށް ބޭސް ފޮނުވަނީ

ޔޫގަންޑާގައި އެޗްއައިވީ ޖެހިފައިވާ ރަށްފުށުގެ ބަލި މީހުންނަށް ޑްރޯންގައި ބޭސް ފޮނުވައިދޭން ފަށައިފިއެވެ. މިބޭސްތައް ޑްރޯންގައި ފޮނުވައި ދެނީ، ލޭކް ވިކްޓޯރިއާ ކޯރުގެ ޖަޒީރާތަކުގައި ދިރިއުޅޭ މީހުންނަށެވެ. މިއީ ގާތް ގަނދަކަށް 84 ޖަޒީރާއެވެ.

މިދިޔަ ހަފްތާގައި ފަށާފައިވާ މި ޚިދުމަތާ ބެހޭ ގޮތުން ސަރުކާރުން ބުނަނީ މި ޖަޒީރާތަކަށް މަހަކު 20 ޑްރޯން ބޭސް ދަތުރު ބާއްވާނެ ކަމަށެވެ.

މިތަންތާނގައި 78 ކޮމިއުނިޓީގައި މީހުން ދިރިއުޅޭ ކަމަށް ވެއެވެ. މިއީ ޔޫގންޑާގައި އެންމެ ގިނައިން އެޗްއައިވީ ޖެހިފައި ތިބި މީހުން ތިބޭ ސަރަހައްދެވެ. އާބާދީގެ ގާތްގނޑަކަށް 18 އިންސައްތަ މީހުންނަކީ އެޗްއައިވީ ޖެހިފައިވާ މީހުންނެވެ.

މި ސަރަހައްދަކީ ދަތުރުފަތުރު ކުރަން އުނދަގޫ ހިސާބެކެވެ.

އަށްހާސް އެމެރިކާ ޑޮލަރުގެ އަގުހުރި ޑްރޯންގައި ކޮންމެ ދަތުރެއްގައި އެއްކިލޯގެ ބޭސް އުފުލޭނެ ކަމަށް ވެއެވެ. މި ޑްރޯން ދަތުރުކުރަން ޖެހެނީ މޭލެއްގެ ދުރުމިނަށެވެ.

ރުވަންޑާގައި ޑްރޯން ސިއްޙީ ދާއިރާގައި ބޭނުން ކުރަނީ

އެފްރިކާގެ އެހެން ގައުމުތަކުންވެސް ދަނީ ސިއްހީ ދާއިރާގައި ޑްރޯން ބޭނުން ކުރަމުންނެވެ. ރުވަންޑާއާއި ގާނާއިން ދަނީ ލެއާއި ބޭސް ރަށްފުރުގެ ދުރު ތަންތަނަށް ފޮނުވައި ދިނުމަށް ތައްޔާރު ވަމުންނެވެ.

މިމަސައްކަތުގައި އެފްރިކާގައި ޖޯންސަން އެންޑް ޖޯންސަން އިން ބައިވެރިވެއެވެ.