ސިއްރުން ފޮރުވާފައިވާ ފަޅު އަވަށެއް

މިއީ އާދަޔާ ޚިލާފް އަވަށެކެވެ. މާދުވަސްވީ ތަނެއް ނޫނެވެ. އެހެނަސް މިތާނގެ ވާހަކަ ކިޔައި ދޭނެ ބަޔަކު ނެތެވެ. ކައިރި ހިސާބުގެ އަވަށްތަކުގެ މީހުން ބުނަނީ މިއަވަށް ފަޅުވެފައި ވަނީ ރޭގަނދަށް ފާޅުވާ ޖިންނިއެއްގެ ސަބަބުން ކަމަށެވެ.

މީހުން ސިފަ ކޮށްދޭ ގޮތުގައި މި ޖިންނި ސޮރު ނުވަތަ ކަނބުލޭގެ ލޯ ހުންނަނީ ބުޅަލެއްގެ ލޮވާވައްތަރު ގޮތަކަށް ދިއްލި ފައެވެ. ދެ އަތްވެސް ހުންނަނީ ކަފި ފަޅާފައިވާ މުގުރެއް ހެންނެވެ.

މާގިނަ ބަޔަކު މިތާގެ ވާހަ ކިޔައި ދޭކަށް ބޭނުމެއް ނުވެއެވެ. އަދި މަސްއޫލު ފަރާތަކުން މިތަނަށް މަގު ދައްކާކަށްވެސް ބޭނުމެއް ނުވެއެވެ.

މިއީ އަލްމަދާމް އަވަށެވެ. މިތަން އޮންނަނީ އެކުވެރި އަރަބި އިމާރާތުގެ ޝާރްޖާއާއި ދުބާއީގެ ބޯޑަރާ ގުޅޭ ހިސާބުގައެވެ.

ފަޅުވެފައިވާ މިސިޓީގައި މޯލަކާއި ދެ ކޮޓަރީގެ ގެތަކާއި، މިސްކިތަކާއި ރެސްޓޯރެންޓްތައް ހުރެއެވެ.

ގެތަކުގެ ދޮރުތައް ހުންނަނީ ހުޅުވާ ފައެވެ. ބަލާބެލުމަށް ހީވަނީ މިސަހަރުން މީހުން ބޭރުވެގަތީ އަވަސް އަރުވައިލައިގެންނެވެ. ބައެއް ގެތަކުގައި ދޮރެއްވެސް ނުހުރެއެވެ. ސަބަބެއް ނޭނގެއެވެ.

ހުރިހައި އިރާތެއްގެ ދޮރުންނާއި ކުޑަދޮރުތަކުން ސަހަރާގެ ހިމުން ދޮންވެލި ވަދެ ތަން ހިސާރުކޮށްފައި ވެއެވެ. ބައެއް މީހުންގެ ލަފައަކީ، މިތަން ފަޅުވެފައިވާ 1970ގެ އަހަރުތަކުގައެވެ. މިއީ ދިރާސާ ކުރަން ޖެހޭ ސިއްރުން ފޮރުވިގެންވާ އަވަށެކެވެ!