އިންޑިއާ:3ޑީން ޕްރިންޓް ކޮށްފައިވާ ފުރަތަމަގެ

އިންޑިއާގައި 3ޑީ ކޮށް ޕްރިންޓް ކޮށްގެން ގެއެއް ބިނާ ކޮށްފިއެވެ. މި ގެއަކީ، ބެޑްރޫމަކާއި ސިޓިން ރޫމަކާއި ބަދިގެއަކާއެކު ހަދާފައިވާ ގެއެވެ. 600 އަކަ ފޫޓްގެ ބިމެއްގައި މި ގެ ރާނާ ނިންމާފައި ވަނީ ފަސް ދުވަހުންނެވެ. މިއީ އަލަށް މި ދާއިރާއަށް ނިކުތް ކުންފުންޏަކުން 3ޑީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ޗާޕްކޮށްފައިވާ ގެއެކެވެ.

3ޑީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ގެތައް ޕްރިންޓް ކުރުމަކީ މިހާރު ކުރިއަރަމުން އަންނަ ދާއިރާއެކެވެ. ޔޫއޭއީއާއި އެމެރިކާގައި މި ޓެކްނޮލޮޖީ އަމަލީ ގޮތުން ބޭނުން ކުރެއެވެ.

މިއީ މަސައްކަތް ހަލުއި ވެފައި މަދު އަދަދެއްގެ ބަޔަކާއެކު އިސްރާފް ކުޑަކޮށް ގެތައް ބިނާ ކުރެވޭ ވަސީލަތެކެވެ.

ގޭގެ އެތެރޭގެ މަންޒަރެއް