ފިޠުރު ޒަކާތް ދައްކައިފިން؟

މި ރަމަޟާންމަހުގެ 12 ވަނަ ދުވަހާއި ހަމައަށް މާލޭ ސިޓީއިން ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައި ވަނީ 8،99،031.00 (އަށް ލައްކަ ނުވަދިހަ ނުވަ ހާސް އެއްތިރީސް) ރުފިޔާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް އިން ބުނީ މާލެ ސަރަހައްދުން ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު 899،031.00 (އަށް ލައްކަ ނުވަދިހަ ނުވަ ހާސް ތިރީސް އެއް ރުފިޔާ) ދައްކާފައިވަނީ 20،863 މީހަކަށް ކަމަށެވެ. އޭގެތެރެއިން 17،858 މީހަކު އޮންލައިންކޮށް ދެއްކި އިރު ބާކީ 3005 މީހުން ޒަކާތް ދެއްކީ އެ މިނިސްޓްރީގައި ގާއިމުކޮށްފައިވާ ކައުންޓަރު މެދުވެރިކޮށް ކަމަށް ވެސް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ރަމަޟާން މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ޒަކާތުގެ ފައިސާގެ ގޮތުގައި އިސްލާމިކް މިނިސްޓްރީއަށް ލިބިފައިވަނީ 1،942،201.00 ރ އެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ނެރޭނީ އަހަރު ތެރޭގައި އެރަށެއްގައި ބަނޑުކެއުމުގެ ގޮތުގައި ޢާންމުކޮށް ކައި އުޅުނު ބާވަތަކުން 2.4 ކިލޯގެ އަގެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯގެ ގޮވާމުގެ އަގަށްވާ ފައިސާއިންނެވެ.

މާލެ ސަރަހައްދުގައި ޒަކާތުގެ ގޮތުގައި ނެގުމަށް ނިންމާފައިވާ މިންވަރު:

އާދައިގެ ހަނޑޫ – 12 ރުފިޔާ

ތައިލެންޑް ހުދު ހަނޑޫ – 52 ރުފިޔާ

ރަތް ހަނޑޫ – 78 ރުފިޔާ

ބާސްމަތީ ހަނޑޫ (އާދައިގެ) – 65 ރުފިޔާ

ބާސްމަތީ ހަނޑޫ (މޮޅު) – 89 ރުފިޔާ

ބާސްމަތީ ހަނޑޫ (އެންމެ މޮޅު) – 125 ރުފިޔާ

އާދައިގެ ފުށް – 10 ރުފިޔާ

އާޓާ ފުށް – 59 ރުފިޔާ

ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެއިން އިސްލާމިކް މިނިސްޓްރީންނެވެ. އަދި އަތޮޅުތެރެއިން އެ ސިޓީއެއްގެ ސިޓީ ކައުންސިިލް، އަތޮޅު އަދި ރަށު ކައުންސިލްތަކުންނެވެ.

އިސްލާމިކް މިނިިސްޓްރީން މިހާރު ވަނީ ޓެކްނޮލޮޖީގެ ފަސޭހަތަކާއެކު ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖައްސާ ދެއްވާފަ އެވެ.

ޒަކާތް ފަސޭހަކަމާއެކު ދެއްކެވުމަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސަވާފައިވާ ގޮތްތަކަކީ:

https://www.facebook.com/481663058570231/posts/3870639936339176/

ދިވެހިރާއްޖޭގެ ގުޅުން (ދިރާގު)

އުރީދޫ

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފައިސާނެޓް (އެޕްލިކޭޝަނުން)

ބޭންކް އޮފް މޯލްޑިވްސް

ފަހިޕޭ


t


ttps://www.facebook.com/481663058570231/posts/3870639936339176/