ދުނިޔޭގެ އެންމެ އުސް ހޮޓެލް

ދުބާއީގެ އެންމެ އުސް ހަރޮށި ބިނާތަކަށް ބަލާލައިފިނަމަ ފެންނަން އެހެރަ ގިނަ ހަރޮށި ބިނާތަކަކީ ޔަހްޔާ ޖާންގެ ޑިޒައިންތަކެވެ. މިހާރު އޭނާ މަސައްކަތް ކުރަނީ، ޑުބާއީގެ އެންމެ އުސް ހަރޮށި ބިނާ އުފެއްދުމުގެ މަސައްކަތުގައެވެ.

ޕާކިސްތާން އުފަން ޔަހްޔާ ޖާން، ހަގު މުރުގައި އެމެރިކާއަށް ހިޖުރަކޮށް ޕްރިންސްޓަން ޔުނިވަރސިޓީން ކިޔެވުން ނިންމުމަށްފަހު މެދުއިރުމައްޗަށް އައީ އިމާރާތްތަކެއް ޑިޒައިން ކޮށްފައި އެނބުރި ދާ ގޮތަށެވެ. ނަމަވެސް 25 އަހަރު ފަހުން އަދިވެސް މަސައްކަތުގައި މަޝްޣޫލުވެގެން އޭނާއަށް ހުރެވުނީއެވެ.

ސިއެލް ޓަވަރ

މިހާރު އޭނާ މަސައްކަތް ކުރަނީ، 2023 ގައި ނިންމަން ޖެހޭ ދުނިޔޭގެ އެންމެ އުސް ހޮޓެލްގެ މަސައްކަތެވެ.

ސިއެލް ޓަވަރ އަކީ 82 ފަންގިފިލާގައި ހަދާ 1200 ފޫޓް އުސް އިމާރާތެކެވެ. އެއްހާސް ކޮޓަރީގެ މި ހޮޓެލްގެ މަތީ ބައިގައި ހުންނާނީ ވަށައިގެން ބިއްލޫރި ޖަހާފައެވެ. މިއިން ޑުބާއީ މެރީނާއާއި ޕާމްޖުމެއިރާއާއި މުޅި ދުބައިގެ މަލަމަތި ވަށައިގެން ބަލާލެވޭނެއެވެ.

މި ބިލްޑިންގ ވެގެންދާނީ ދުނިޔޭގެ އެންމެ އުސް ހޮޓެލަށެވެ.