ހަތަރު އަހަރުގެ އަންހެން ކުއްޖަކު އެމްސީޕީ ހަދައިފި

އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކު މައިކްރޯސޮފްޓް ޕްރޮފެޝަނަލް ސަރޓިފިކެޓް ހޯދައިފިއެވެ. މައިކްރޯސޮފްޓުން ބުނާ ގޮތުން، އަރީޝް ފާތިމާ އަކީ މައިކްރޯސޮފްޓް ސަރޓިފައިޑް ޕްރޮފެޝަނަލް (އެމްސީޕީ) ހޯދި ފުރަތަމަ އެންމެ ހަގު ކުއްޖާއެވެ. އޭނާއަށް ލިބިފައި ވަނީ 831 މާކްސްއެވެ.

އަރީޝް ފާތިމާއަކީ ޕާކިސްތާންގެ ކަރާޗީގެ ކުއްޖެކެވެ. އޭނާގެ ބައްޕައަކީވެސް އައިޓީ ޕްރޮފެޝަނަލްއެކެވެ.

މައިކްރޯސޮފްޓްގެ ތާރީޚްގައި މީގެ ކުރިން މިސަރޓިފިކެޓް ހޯދި އެންމެ ހަގު ކުއްޖާއަކީ އުމުރުން ފަސް އަހަރުގައި މި އެގްޒޭމް ކާމިޔާބު ކުރި އަޔާން ޤުރައިޝީއެވެ.

ޕާކިސްތާން ސަރުކާރުންވެސް ވަނީ އަރީޝްގެ ކާމިޔާބީ ފާހަގަ ކޮށްފައެވެ.

އޭނާގެ ބައްޕަ ކިޔައިދިން ގޮތުގައި ފުރަބަންދުގައި ގޭގައި ހުރިއިރު، އޭނާގެ ޝައުގުވެރިކަން އެނގިގެން އޭނާއަށް ކޯޗް ކޮށްދިނީ ކަމަށެވެ.  

އެމްސީޕީ އެގްޒޭމުން ފާސްވާން ބޭނުން ވަނީ 700 މާކްސްއެވެ.