ކޮވިޑުން ސަލާމަތްވާން ޕްރަނާޔާމަ ޕްރެކްޓިސް ކުރުން

ޔޯގާ ޕްރެކްޓިސް ކުރުމުގައި ނޭވާލުން ކޮންޓްރޯލް ކުރުމަކީ ޕްރްނާޔާމަ އެވެ. ނޭވާލުމުގެ ދިގުމިނާއި ނޭވާ ލާންވާ ވަގުތާއި ކޮންމެ ދެ ނޭވާ ދޭތެރޭ ނޭވާ ހިފަހައްޓުމުގެ ކޮންޓްރޯލް ކުރެވޭނެއެވެ. ޕްރަނާޔާމަގެ މަގްސަދަކީ، ހަށިގަނޑާއި ސިކުނޑި ގުޅުވައި ދިނުމެވެ. ޕްރަނާޔާމަ ޕްރެކްޓިސް ކުރުމުން ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކޮށް ހަށިގަނޑަށް އޮކްސިޖަން ލިއްބައި ދެއެވެ.

ކޮވިޑް19 ލައިގަންނަ މީހާގެ ނޭވާލުމުގެ ނިޒާމަށް އުދަނގޫތައް ދިމާވާކަމީ، ވަށައިގެން ފެންނާން ހުރި ކަންކަމެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ޔޯގާ އިން ނޭލާން ފަސޭހަ ކޮށްދެއެވެ. އަދި ނޭވާލުމުގެ ކަސްރަތަކީ ޔޯގާގެ ވަރަށް އަސާސީ ކަމެކެވެ.

“ބިނާ ކުރަނިވިގޮތަކަށް ޔޯގާ ޕްރެކްޓިސް ކުރާނަމަ، ސިކުނޑި ހަމަޖައްސާލައި، ހަށިގަނޑަށް ރާހަތެއް ލިއްބައިދީ، ވިސްނުންތެރި ކަމާއެކު ނޭވާލަމުން ދިއުމަކީ ޔޯގާގައި އެންމެ މުހިންމު ފިޔަވަޅުތައް” މިސްރުގެ ޔޯގާ އިންސްޓްރަކްޓަރ ރާނާ މުސްތަފާ ބުނެއެވެ.

ދާދި ފަހުން ޝާއިއުކޮށްފައިވާ ލިޔުމެއްގައި ފިޒިއޮލޮޖީން 1998 ގައި ނޯބެލްގެ އިނާމު ހޯދި، ލުއި ޖޭ. އިގްނާރޯ ވެސް ވަނީ ކޮވިޑް19 އާ ގުޅިގެން ނޭވާ ލުމާ ބެހޭ ބައެއް އިރުޝާދުތައް ދީފައެވެ.

އޭނާ ބުނަނީ، ނޭވާއިން ނޭވާ އެތެރެއަށް ދަމައި ގަނެ، އަދި ނޭވާއިން ނޭވާ ބޭރުކޮށްލަން ޖެހޭ ކަމަށެވެ. މިއީ ހަމައެކަނި ޔޯގާ ކިލާހުގައި ކުރާން ޖެހޭ ކަމެއް ނޫންކަމަށް ބުނެ އޭނާ ދޭ އިރުޝާދަކީ، ރަނގަޅަށް ނޭވާލުމުން ހަށިގަނޑަށް ވަންނަ ވައިރަސްއާ ހަނގުރާމަ ކުރަންވެސް ފަސޭހަ ކަމަށެވެ. އަދި ފަރުވާއަށް މިއީ ފައިދާ ހުރިކަމެއްކަން އޭނާ ފާހަގަ ކުރެއެވެ.

އިގްރާނޯ އަކީ، ޔުނިވަރސިޓީ އޮފް ކެލިފޯނިއާގެ މޮލެކިއުލަރ އެންޑް މެޑިކަލް ފާމަކޮލޮޖީގެ ޕްރޮފެސަރއެވެ.

މީގެ ސަބަބެއްކަމަށް އޭނާ ބުނަނީ، ނޭފަތުގެ ދޯރިތަކުގައި  މޮލެކިއުލްއާއި ނައިޓްރިކް އޮކްސައިޑް އުފައްދައެވެ. މިއީ ފުއްޕާމެއަށް ލޭ ފޯރިވައިދިނުން މުއްސަނދިކޮށްދޭ، އަދި ލޭގައި އޮކްސިޖަންގެ ފެންވަރު ރަނގަޅު ކޮށްދޭ މާއްދާއެއް ކަމަށެވެ.  ނޭފަތުން ނޭވާލުމުން ނައިޓްރިކް އޮކްސައިޑް ފުއްޕާމެއަށް ފޯރުވައިދީ، ކޮރޯނާ ވައިރަސްއާ ހަނގުރާމަ ކުރެއެވެ.  އަދި ފުއްޕާމޭގައި މި ވައިރަސް ގިނަވުމަށް ހުރަސް އަޅައެވެ. އޭނާ ބުނާ ގޮތުގައި ހަމައެފަދައިން ލޭގައި އޮކްސިޖަން ގިނަވުމުގެ ސަބަބުން މީހާއަށް ތާޒާކަން އިޙުސާސްވެ، ވަރުޖެހޭ ކަމަށެވެ.

މިސްރުގެ ޔޯގާ އިންސްޓްރަކްޓަރ ބުނާ ގޮތުގައި ވަރުބަލިވެ، ހިތުގެ ވިންދު ޖެހުން އަވަސްވެ، ނޭވާ ލުން އަވަސްވުމާ ވިދިގެން ލޭ މައްޗަށް ދާނެ ކަމަށެވެ. އަދި މި ހާލަތުގައި ފުން ނޭވާ ލައިފިނަމަ، މުޅި ހަށިގަނޑަށް އަރާމެއް ލިބޭނެ ކަމަށެވެ.

އޭނާ ކިޔައި ދިން ގޮތުގައި ޔޯގާ އަކީ ކޮންމެ މީހަކަށްވެސް އަހަރުގެ ކޮންމެ ދުވަހެއްގައިވެސް ލިބެން އޮތް ނިކަން ޗާލު ހަރަކާތްތަކެކެވެ. ކޮންމެ މީހަކަށްވެސް އެމީހެއްގެ ފެންވަރާއި ހުނަރާ ގުޅޭ ގޮތަށް ހަރަކާތްތައް ބަދަލުކޮށް ހެދިދާނެއެވެ. ޔޯގާ އިން ދިރިއުޅުން ބަދަލު ކޮށްލާނެ އެވެ. ރާނާ މުސްތަފާ ބުނެއެވެ!