އޯލާ ބެޓެރި ސައިކަލްގެ ބެޓެރި ވިއުގައެއް ބިނާކުރަނީ

އިންޑިއާގައި އުފައްދާ އޯލާގެ ބެޓެރި ސައިކަލްގެ 50 އިންސައްތަ އެންމެ 18 މިނެޓުން ޗާޖް ކުރެވޭނެއެވެ. އަދި މިއިން 75 ކިލޯމީޓަރަށް ދަތުރު ކުރެވޭނެއެވެ.

އޯލާއިން ދަނީ އޯލާ ހައިޕާޗާރޖަރ ނެޓްވަރކްގެ މަސައްކަތް ކުރަމުންނެވެ.

ކުރިއަށް މި އޮތް ދުވަސްތަކުގައި އޯލާއިން ބެޓެރިން ދުއްވާ ދެ ފުރޮޅުލީ ސައިކަލް ބާޒާރަށް ނެރުމަށް ހަމަޖެހިފައި ވެއެވެ.

އޯލާ ހައިޕާޗަރގަރ ނެޓްވަރކް ވެގެންދާނީ ފުޅާދާއިރާއެއްގައި ދެ ފުރޮޅުލީ އުޅަނދު ޗާޖް ކުރުމަށް ދުނިޔޭގައި ގާއިމް ކުރާ މިފަދަ ފުރަތަމަ ނެޓްވަރކެވެ.

ގުޅުން ހުރި ލިޔުން: ދުނިޔޭގެ އެންމެ ބޮޑު ސައިކަލް ފެކްޓްރީ

އޯލާ އިލެކްޓްރިކް އިން ވަނީ ފުރަތަމަ ފަސް އަހަރު ދުވަހުގެ ތެރޭގަ އިންޑިއާގެ ސަތޭކަ ސިޓީއެއްގައި ފަސްހާސް ޗާޖިންގ ސްޓޭޝަން ގާއިމް ކުރާށެވެ.

ސިޓީތަކުގައި އޯލާގެ ސައިކަލް ޗާޖް ކުރުމަށް ވިއުގައެއް ގާއިމް ކުރިނަމަވެސް ކޮންމެ ސައިކަލަކާއެކު ގޭގައި ޗާޖްކޮށްލުމަށް ޔުނިޓެއްވެސް ސައިކަލް ގަންނަ އިރު ލިބޭނެއެވެ.

އިންޑިއާގެ ކުލީ ކާރު ކުންފުންޏެއް ކަމަށްވާ އޯލާއިން ވަނީ ނެދަރލެންޑްގެ ކުންފުންޏެއް ގަނެގެން ޓެމިލްނާޑުގައި ބެޓެރި ކާރު އުފައްދާ ފެކްޓްރީއެއް ބިނާކޮށްފައެވެ.