ހިތްވަރުގަދަ އަންހެން ކުއްޖެއް

ޖޯރޖް ފްލޮއިޑްގެ ހާދިސާއާއި އެއަށްފަހު ޝަރީއަތް ނިމިގެން ދިޔަ ގޮތް މީޑިއާއިން ތަފްސީލުކޮށް ގެނަސްދީފައި ވެއެވެ. ކޯޓުން އަދި ހުކުމް ކޮށްފައި ވަނީ މި ކަމުގައި އުޅުނު އިސް ފުލުސް މީހާއަށެވެ. އެއީ، ޑްރެކް ޝޯވިން އެވެ. އޭނާގެ ޝަރީއަތުގައި އެންމެ ބާރުގަދަ ހެއްކަކަށް ވެގެން ދިޔައީ އުމުރުން އެއިރު 17 އަހަރުގެ އަންހެން ކުއްޖަކު ނަގާފައި ފޭސްބުކްގައި ޝެއަރ ކުރި ވީޑިއޯއެވެ. ޝޯވިންގެ ޝަރީއަތުގައި އެންމެ ފުރަތަމަ ހެކިންގެ ތެރޭގައިވެސް މި އަންހެން ކުއްޖާ ހިމެނުނެވެ.

މިހާ ހިތްވަރުގަދަ ކަމެއް ދެއްކީ، އެއީ ކާކު ހެއްޔެވެ؟  

ޑަރނެއްލާ ފްރޭޒިއަރ ދިޔައީ، އޭނާގެ ދެބޭންގެ ދެދަރި ނުވަ އަހަރުގެ ކުއްޖަކާ އެކު ހިނގާލާށެވެ. އެމީހުން ބޭރުގައި އުޅުމުގެ ތެރޭގައި ފުލުހުން މީހަކު އޮބައިގެން އުޅުނު މަންޒަރު ފެނުމުން އެތަނަށް ގާތްވެލީއެވެ.

ފުލުސް މީހާ، ޝޯވިން އޭނާގެ ކަކުލުން އަރައި ޝޯވިންގެ ނޭވާހޮޅިއަށް ފިއްތަމުން ދިޔަ އިރު 17 އަހަރުގެ ފްރޭޒިއަރރ ދުރުގައި ހުރެގެން  ދިޔައީ މޮބައިލް ފޯނުން ވީޑިއޯ ކުރަމުންނެވެ. އޭނާ ހެކި ބަހުގައި ކިޔައިދިން ގޮތުގައި ފްލޮއިޑް ސަލާމަތް ކުރުމަށް އެއިރު މަސައްކަތެއް ނުކުރެވުނީތީ ހިތާމަ ކުރާ ކަމަށެވެ. އަދި ނިދާ ގަޑީގައި އެމަންޒަރު އޭނާގެ ބޮލު ތެރޭ އެނބުރޭ ކަމަށެވެ.

ފްރޭޒިއަރގެ ވީޑިއޯ  އެފްބީއަށް އަޕްލޯޑް ކުރުމުން އޭނާއަށް ނަސްލީ ތަފާތު ކުރުމާއި ގަނާކުރުމާއި ނޭއްގާލި އެތައް އަމަލަކާ ކުރިމަތިލާން ޖެހުނެވެ.

ފްރޭޒިއަރ ވީޑިއޯކޮށްފައި ވަނީ ސާބިތު ކަމާއެކު ކެމެރާ ހިފަހައްޓައިގެން ހުރެއެވެ. އޭނާއަށް އަމިއްލަ ޖަމާއަތެއް ކަމަށްވާ ޕެން އެމެރިކާއިން ވަނީ ޕެން ބެނެސްސަން ކަރޭޖް އެވަރޑް އޭނާއަށް ދީފައެވެ.

އޭނާ ކުރިމަތިލާން ޖެހުނު ގަނާ ކުރުމުގެ އަމަލުތަކާ ހެދި އާންމު ފަރާތްތަކުން އޭނާއަށް ފަންޑް ހޯދުމަށް ހުޅުވާލުމުން މިއަހަރުގެ އެޕްރީލް 20 އަށް ހަލައްކަ ޑޮލަރު އެފަންޑަށް ޖަމާވެފައި ވެއެވެ.

ފްރޭޒިއަރގެ ވީޑިއޯއަށް ފަހު ފުލުހުންގެ އަމަލުތައް ވީޑިއޯ ކުރުމާމެދު  ބަހުސް ކުރެވެން ފެށިއެވެ. މިހާރު ނިންމާފައިވާ ގޮތުން ފުލުހުންގެ އަމަލުތައް ވީޑިއޯ ކުރުމަކީ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގެކެވެ.

ވޮޝިންޓަން ޕޯސްޓުން ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ފުލުހުންގެ އަމަލުތައް ރެކޯޑް ކުރުމާ ބެހޭ ބައެއް ޓިޕްތައް ދީފައި ވެއެވެ. އެގޮތުން ސާބިތު ކޮށް ކެމެރާ ހިފަހައްޓައިގެން ހުރެ ރެކޯޑް ކުރުމަށާއި، އެ މައްސަލައިގެ ތެރެއަށް ނުވަދެ ހުރެގެން ވީޑީއޯ ނެގުމަށާއި، ވަގާ ވީޑިއޯ ރައްކާ ކުރުމަށާއި ފުލުހުންގެ އަތަށް އެވީޑިއޯ އެރިއަސް އަދި އެމީހުން ޑިލީޓް ކުރިއަށް އިންފޮމޭޝަން ގެއްލިގެން ނުދާ ގޮތަށް އެކަން ކުރުމަށް ބުނެފައި ވެއެވެ.

އެމެރިކަން ސިވިލް ލިބަޓީ ޔޫނިއަން އިންވެސް ވަނީ ފުލުހުންގެ އަމަލުތައް ޑޮކިއުމެންޓް ކުރުމަށް ޚާއްސަ އެޕެއް ތައާރަފް ކޮށްފައެވެ. އަދި ފުލުހުންގެ ނޭއްގާނީ އަމަލުތަކުން އަނިޔާ ލިބުނު މީހުން ޑޮކިއުމެންޓް ކުރުމަށް އެހެން އެޕެއް އަމިއްލަ ފަރާތަކުންވެސް އުފައްދާފައި ވެއެވެ.