ސައްޔިދު އިސްހާގްގެ ލައިބްރަރީ އަނދައިފި

ފޮޓޯގައި މިހިރީ ސައްޔިދު އިސްހާގްއެވެ. 2011 އިން ފެށިގެން މައިސޯރގެ ފަގީރު ހިސާބެއްގައި އޭނާ ދިޔައީ އަމިއްލަ ޚަރަދުގައި ލައިބްރަރީއެއް ހިންގަމުންނެވެ. އޭނާގެ ލައިބްރަރީގައި ތަފާތު އެކި ފަންނުތަކުގެ 11 ހާސް ފޮތް ހުއްޓެވެ.

ލައިބްރަރީއާއެކު މި ހުރިހައި ފޮތެއް ވަނީ މިމަހު 9 ވަނަ ދުވަހު އަނދައިގެން ގޮސްފައެވެ.

ބިޑިއެއް ރޯ ކުރުމަށްފަހު އަލިފާން ދަނޑިއެއް އެއްލި ޒުވާނަކު ފުލުހުން ވަނީ މިމައްސަލާގައި ހައްޔަރުކޮށްފައެވެ.

އިސްހާގްގެ ލައިބްރަރީއަކީ އޭނާގެ އަމިއްލަ ފައިސާއިން ބިނާ ކުރި ލައިބްރަރީއެކެވެ. އޭނާ އުޅުނީ ދުވާލު މަސައްކަތު އުޖޫރަ ލިބޭ ގޮތަށެވެ. މި ލައިބްރަރީގެ ގޯތީގައި ނޫސްކިޔަން ބޭނުންވާ މީހުންނަށް އެކި ބަސްބަހުން ކިޔާލަން 22 ނޫސް، އިޝްތިރކް ދައްކައިގެން އޭނާ ގެނެއެވެ.

އުމުރުން 63 އަހަރުގެ އިސްހާގްގެ ލައިބްރަރީ އަނދައިގެން ދިއުމާއެކު އޭނާ އުންމީދު ކަނޑައެއް ނުލައެވެ. މި ލައިބްރަރީ އެދިކަން އެނގި އިންޓަރނެޓްގައި އެ ވާހަކަ ފެތުރިގެން ދިޔަތާ 48 ގަޑި އިރު ތެރޭ އަމިއްލަ ފަރާތްތަކުން ވަނީ ލައިބްރަރީ ބިނާ ކުރުމަށް 20 ލައްކަ ރުޕީސް އެއްކޮށްފައެވެ. އަދި މައިސޯރ ސަރުކާރުން ބުނެފައިވަނީ އެނދި ލައިބްރަރީ ހުރިތާނގައި އަލުން ލައިބްރަރީއެއް ބިނާކޮށްދޭނެ ކަމަށެވެ.