ޔޯގާއަށް: ގަރމިންގެ ވައިވޯ3 ގަޑި

ޔޯގާ އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާއިރު، ހަރަކާތްތައް މޮނީޓާ ކުރާނެ ޑިވައިސްއެއް އަތްމަތީގައި އޮތުމަކީ މަސައްކަތް ނިކަން ފަސޭހަވެގެންދާނެ ކަމެކެވެ. މިފަދަ ޑިވައިސްއަކުން، އެކްޓިވިޓީތައް ޕްރޮގްރެސްވާ ގޮތް ދައްކައި ދޭނެއެވެ. ގިނަ ޔޯގާ ގަޑިތަކަކީ، ހިތުގެ ވިންދާއި، ސްޓްރެސް ލެވެލް މޮނީޓަރ ކޮށްދޭ، ވަރކްއައުޓް ރޫޓީންގެ ޕްރޮގްރެސް ދައްކައިދޭ އާލާތްތަކެވެ. އެކަމަކު ހުރިހައި ގަޑިއަކީ އެއް ފެންވަރެއްގެ ގަޑި ތަކެއްވެސް ނޫނެވެ.

ބާޒާރުގައި ސްމާޓް ވޮޗްގެ ޑިމާންޑާއެކު އެކި ކުންފުނިތަކުން ސިއްޙީ އެކި ބޭނުންތަކަށް ސްމާޓް ވޮޗްތައް ހަދައި މާކެޓްކޮށްފައިވެއެވެ. ޓެކްނޮލޮޖީއާއި، ބޭނުން ކުރުމާއި ގެންގުޅެން ފަސޭހަކަމާއި އަދި ބޭނުންކުރުމުން ލިބޭ އަރާމުގައި ކޮންމެ ދެ ގަޑިއަކީ އެއްވަރެއްގެ ދޭއްޗެއް ނޫނެވެ.

ގާރމިންގެ ވައިވޯ އެކްޓިވް 3އަކީ އޭގައި ޖީޕީއެސްވެސް ހިމަނަފައިވާ ސްމާޓް ގަޑިއެކެވެ. މިއީ ގަޑިއަކަށް ވުރެން ބޮޑަށް ސްޕޯޓްސް ގެޖެޓެއްގެ ގޮތުގައި ގިންތި ކުރެވޭނެ ސްޕޯޓްސް އަށް ޝައުގުވެރިވާ މީހަކުގަޔާވާނެ އެއްޗެކެވެ.

މިއިން ވަރކްއައުޓާއި، ހިތުގެ ވިންދާއި، ސްޓްރެސް ލެވެލް މޮނީޓާރކޮށްދެއެވެ. އަދި މިއީ ސުވިމިންގއާއި ފެނުގައިވެސް ފިކުރަކާ ނުލައި ބޭނުން ކުރެވޭ ވައްތަރުގެ ގަޑިއެކެވެ.

މީގެ ބެޓެރީގެ ދިރުން ބިނާ ވަނީ ބޭނުމަށެވެ. އެއީ 13 ގަޑިއިރުން ފެށިގެން 7 ދުވަހަށްވެސް ޗާޖު ކުރުމަކާ ނުލައި ބޭނުން ކުރެވެއެވެ.

ގްރޫޕް ޓްރެއިނިން ތަކުގައި ވާދައަށް އެކަކު އަނެކަކަށް ޕްރޮގްރެސް ބެލުމަށްޓަކައި ގާރމިން އެޕަށް މި ގަޑިން އަޕްލޯޑްކޮށްލާ ޑޭޓާއިން ކޮންމެ މީހަކަށްވެސް ޕްރޮގްރެސް މޮނީޓަރ ކުރެވޭނެއެވެ.

ޔޯގާ ޖަރނަލްއިން ސިފަ ކުރާ ގޮތުގައި ގާރމިން ވައިވޯ3 އަކީ ހުރިހައި މޫސުމަކަށްވެސް ހެޔޮވަރު ގަޑިއެކެވެ. އެމެޒޮންގައި 130 ޑޮލަރަށް ވިއްކާ މިގަޑީގެ އެންމެ ގަޔާވާ ފީޗާއެއްކަމަށް މި ޖަރނަލްއިން ބުނަނީ ގާރމިން އެޕަށް އެކްޓިވިޓީތައް އަޕްލޯޑް ކުރެވޭ ކަމެވެ.