އެންމެ އުފާވެރި ގައުމުން ފިލާވަޅެއް

މިއަހަރުގެ އެންމެ ނާމާން ދުވަސްތަކުގައި ޑެންމަރކްގައި ކުޑަ ކުޑަ މިއުޒއަމެއް އިފްތިތާހު ކުރިއެވެ. މި މިއުޒިއަމްގައި ހުންނަނީ އަށް ކޮޓަރިއެވެ. ކޮންމެ ކޮޓަރިއަކީ އިންސާނީ ކޮންމެވެސް އާތިފީ ޝުއޫރަކާ ގުޅިފައިވާ ކޮޓަރިއެކެވެ.

މިއީ އުފާވެރިކަމުގެ މިއުޒިއަމެވެ. ދަ ހެޕިނެސް މިއުޒިއަމް އެވެ. ނާމާން އަހަރެއްގެ ތެރޭގައި ހުޅުވުނު އުފާވެރި މިއުޒިއަމެކެވެ.

2020ގެ މެދު ތެރޭގައި މީހުން ދިޔައީ އެމީހުންގެ ކޮރޯނާ ބަލީގެ ޒަޚަމްތަކަށް ފަރުވާ ދެމުންނެވެ. ސަރުކާރުތަކުން ދިޔައީ އައު ގަވާއިދުތައް އިޢްލާން ކުރަމުންނެވެ. އުފާވެރި މޫނުތައް ފެނުން މަދެވެ. ނުތަނަވަސްކަން އޮތީ މުޅި މާހައުލަށް ވެރިވެފައެވެ. ސަލާން ގަލާން ހުރުމާއި ބައްދާ ލުން އޮތީ މަނާ ކަމަކަށް ވެފައެވެ.

ހެޕިނެސް މިއުޒިއަމް އިން ދައްކައިދޭން ބޭނުންވީ އިންސާނިއްޔަތަށް ދެމި އޮވެވޭނީ އުފާވެރިކަމާއެކުގައި ކަމަށެވެ.

ޑެންމަރކަކީ އަހަރުގެ 170 ދުވަހު ވާރޭ ވެހޭ ގައުމެކެވެ.

މި މިއުޒިއަމް ހުޅުވީ ޑެންމަރކްގެ ހެޕިނެސް ރިސަރޗް އިންސްޓިއުޓުންނެވެ. ކޯޕަންހޭގަންގެ ހެޕިނެސް މިއުޒިއަމްއަކީ އުފާވާން ދަންނަ އުފާވާން ބޭނުންވާ ރައްޔިތެއް ދިރިއުޅޭ އެކަން ހިއްސާ ކުރާ ބަޔެއްގެ ދިރިއުޅުމުގެ ހޯދުންތަކަށް ބިނާ ކޮށްހަދާފައިވާ މިއުޒިއަމެކެވެ.

ޑެންމަރކް މީހުންނަކީ ދިރިއުޅުމަށް މަގްސަދެއް އޮންނަ، ކުރާ މަސައްކަތުން އުފާ ލިބިގަންނަ، އެހެން މީހުންނާ އެކު ރަނގަޅު ގުޅުމެއް ބާއްވާ ދުލަހެޔޮ ސިއްހަތެއްގައި އުލެން ބޭނުންވާ މީހުން އުޅޭ ގައުމެކެވެ.

ޑެންމަރކްގައި އުފަލުގައި އުޅުމަކީ މުހިންމު ކަމެކެވެ. އެއީ އެމައްޗަށް ރިސާޗްތައް ހަދައި އެއަށް ވާހަކަ ދައްކާ މައުޞޫއެކެވެ.

ޑެންމަރކްގައި ހެދި ދިރާސާއެއްގައި 500 މީހުން ބައިވެރިކޮށްގެން ކޮންމެ މީހެއްގެ ގާތު ބުނެފައި ވަނީ “އުފާވެރިކަމަކީ……….” މި ޖުމުލަ ފުރިހަމަ ކުރުމަށެވެ. މީހުން ދީފައި ހުރި ޖަވާބުތައް ގިންތިކޮށްލި އިރު ތިން ބަޔަކަށް ބަހާލެވުނެވެ. އެއީ ގުދުރަތީ ރީތިކަމާއި، އާއިލާއާއި، ލޯބީގެ މައްޗަށެވެ.

ހެޕިނެސް މިއުޒިއަމް އިން ވަނީ ޑެންމަރކް މީހުންގެ ނަޒަރުގައި އުފާވެރިކަން އޮން ގޮތް ޝުއޫރަކަށް ވުރެން ބޮޑަށް އަޖުމަ ބަލައި އިއހުސާސްކޮށްލަން ފަހޭކަމެއްގެ ގޮތުގައި ދައްކަން މަސައްކަތް ކޮށްފައެވެ.

އެގޮތުން އުފާވެރިކަމުގެ ބައިތައް ޑެންމާކް މީހުންގެ ނަޒަރުގައި ސިފަކޮށް ދައްކާފައިވަނީ، އިމާރާތެއްގެ ގޮތުގައެވެ.

ޓެކްސް ނިޒާމް:

މިއިމާރާތުގެ ބިންގަލަކީ، ގައމުގެ ޓެކްސްނިޒާމެވެ. ޑެންމާރކަކީ އެންމެ ގިނައިން ޓެކްސް ނަގާ ގައުމެވެ. 88 އިންސައްތަ ޓެކްސް ނަގާއިރުވެސް ރައްޔިތުން އުފަލާއެކު ސަރުކާރަށް ޓެކްސް ދައްކައެވެ. އެއީ ޓެކްސް ދައްކައިގެން ރައްޔިތުންނަށް އޭގެ ފައިދާ ފެންނާތީއެވެ.

ޑެންމާރކަކީ، ހިލޭ ބޭއސްފަރުވާއާއި ހިލޭ ދޮށީ އުމުގެ މީހުންނާއި އަޅާލުމާއި ހިލޭ ތައްލީމާއި ޔުނިވަރސިޓީ ކިޔެވުން ފަދަ ކަންކަން ހިލޭ ލިބޭ ތަނެވެ. ވަޒީފާ ނެތް މީހުންނަށް ސަރުކާރުން ފައިސާވެސް ދެއެވެ.

މުއްސަނދިކަން އުފާފާގަތިކަމަށް ބަދަލުކުރުން:

ގައުމުގެ މުއްސަނދިކަން އުފާފާގަތި ކަމަށް ބަދަލު ކުރުމަކީ، އިމާރާތުގެ އޮނިގަނޑާއި ގްރައުންޑް ފްލޯރއެވެ. ޑެންމަރކަކީ ރަނގަޅަށް އިންފްރާސްޓްރަކްޗާއަށް އިންވެސްޓ ކުރާ ގައުމެކެވެ. މީގެ ސަބަބުން ހާސްކަމަކާ ނުލައި އިޖުތިމާއީ ގޮތުންނާއި ނަފްސާނީ ގޮތުންނާއި ވިސްނުމުގެ ދުޅަހެޔޮކަމުގައި މީހުނަށް އުޅެން ފަހި ވެއެވެ.  

ވަޒީފާ އަދާ ކުރުމާއި ދިރިއުޅުން ބެލެންސް ކުރުން:

މިއީ އިމާރާތުގެ ފާރުތަކެވެ. ޑެންމަރކަކީ، ވަޒީފާ އަދާ ކުރާ ވަގުތު މަދު ގައުމެކެވެ. މުސާރައާއެކު ޗުއްޓީ ލެބެއެވެ. ކުޑަކުދިންނަށް ޗައިލްޑް ކެއަރއަށް ސަރުކާރުން ސަބްސިޑީ ދެއެވެ. ވިހެއުމުގެ ދިގު ޗުއްޓީ ދެއެވެ. އެހެންވެ، މީހުންނަށް ހާސްކަމެއް ނެތި އުފަލާއެކު އުޅެވެއެވެ.

އެކަކު އަނެކަކަށް ބަހައްޓާ އިތުބާރު:

ޑެންމާކަކީ، މީހުންނަށް އިތުބާރު ކުރުމުގައި ވަރަށް ކުރީގައި އުޅޭ ގައުމެކެވެ. އަވަށްޓެރިންނަށް އިތުބާރު ކުރެއެވެ. ސަރުކާރަށް އިތުބާރު ކުރެއެވެ. ޕަބްލިކް ސާވިސްއަށް އިތުބާރު ކުރއެވެ. ޑެންމަރކްގައި ފިހާރައާއި ރެސްޓޯރެންޓް ބޭރުގައި މީހުން އެމީހުންގެ ދަރިން ޕްރޭމްތަކުގައި އިރުކޮޅަކަށް ދޫކޮށްލާފައި ދިއުމަކީ އާންމު ކަމެކެވެ.

އުފާވެރިކަން:

ޑެންމާކްގެ ސަގާފަތުގެ މުހިންމު ބައެކެވެ. މިއީ އިމާރާތުގެ މަތީގެ ކޮޓަރިއަކުން ރަމްޒު ކޮށްދޭ ކަމެކެވެ. މުޅި ޑެންމަރކްގެ މާހައުލުވެސް ބިނާ ވެފައި ވާނީ އުފާފާގަތިކަމުގެ މައްޗަށެވެ.

ޑެންމާކްގެ ސަގާފަތުގެ މުހިންމު ބައެކެވެ. މިއީ އިމާރާތުގެ މަތީގެ ކޮޓަރިއަކުން ރަމްޒު ކޮށްދޭ ކަމެކެވެ. މުޅި ޑެންމަރކްގެ މާހައުލުވެސް ބިނާ ވެފައި ވާނީ އުފާފާގަތިކަމުގެ މައްޗަށެވެ.