އެއްފަހަރުވެސް ވިސްނުންތެރިކަމާއެކު ނޭވާ ލިންތަ؟

އިލާހީ ކުޅަދުންވަންތަ ކަމުން އަހަރަމެން ހައްދަވާފައިވަނީ ހުރިހައި ގުނަވަނެއްގެ ހަރަކާތްތައް އަމިއްލައަށް ހިފަހައްޓައި ލެވުނަސް، ނޭވާ އަމިއްލައަށް ހިތުހުރި ގޮތަކަށް ހިފަހައްޓާ ނުލެވޭ ގޮތަށެވެ. އެކަމަކު މި މުހިންމު ގުނަވަނާއި އޭގެ ވަޒީފާއާ މެދު އަހަރަމެން ވިސްނުން ތެރިކަމާއެކު އެއްފަހަރުވެސް ވިސްނާލިން ހެއްޔެވެ؟

ޔޯގާ ޕްރެކްޓިސްގައި “ޕްރެނާޔާމާ” އަކީ ވަރަށް މުހިންމު ބައެކެވެ!

މިއީ ދެ ބަސް އެއްކޮށްގެން ހަދާފައިވާ ބަހެކެވެ. ޕްރެނާ ގެ މާނައަކީ، ނޭވާލުމެވެ. ނުވަތަ ހަށިގަނޑުގެ ދިރުން ދެމެހެއްޓުމަށް ލިއްބައިދޭ ހަކަތައެވެ. އަދި އަޔާމާ، އަކީ ބޭރުކުރުން ނުވަތަ އެތެރެއަށް ދެމުމެވެ. އެހެންވެ، ނޭވާ ލުމެވެ.

ޔޯގާގެ އެންމެ އަސާސީ ކަމަކީ، ނޭވާ ލުމެވެ. ކޮންޓްރޯލް ކޮށް، ވިސްނުންތެރިކަމާއެކު ނޭވާ ލުމެވެ. އެއީވެސް ހަށިގަނޑުގެ މި އެންމެ މުހިންމު ވަޒީފާއަށް ޝުކުރުވެރިވުމަށް އިންސާނާއަށް އޮތް ގޮތެކެވެ.

ޕްރެނާޔާމާ އާ ބެހޭ ގޮތުން ވަރަށް ގިނަ ދިރާސާތަށް ކޮށްފައި ވެއެވެ.

ވިސްނުންތެރިކަމާއެކު ނޭވާލުމުން މީހާގެ ހަށިގަނޑުގެ ލޭގެ ޕްރެޝަރު ކޮންޓްރޯލް ކޮށްދޭ ކަމަށްވެސް ދިރާސާތަކުން ދައްކާފައި ވެއެވެ.

ރަނގަޅަށް ނޭވާލާން އެނގުން އަދި ރަނގަޅަށް ނޭވާލުމުގެ މުހިންމުކަން އެނގުމުން، މީހާއާ ލައިގަންނަ ނުތަނަވަސް ވަގުތުތަކުގައި އަމިއްލަ އިޙުސާސް ކޮންޓްރޯލުކޮށް އެނެޖީ ޗެނަލް ކޮށްލަން އެނގިގެންދާނެއެވެ.

ހޭލުންތެރިކަމާއެކު ނޭވާލުމަކީ، އެތެރެއަށް ނޭވާ ދަމައިގަންނަ ހިނދުގައި އަދި ނޭވާ ބޭރުކޮށްލާ ހިނދު، ފުރިހަމަ އިހުސާސާއެކު އެކަން ކުރުމެވެ.

މިގޮތަށް ދުވާލަކު ދެތިން ބުރަށް ނޭލާނާމަ، މީހާއަށް އޭގެ ފައިދާ ފެންނާނެއެވެ. އަދި ކޮންމެ ނޭވާލުމެއް އެކެއް ނުވަތަ ދެމިނެޓަށް ޕްރެކްޓިސް ކުރެވިދާނެއެވެ.

ހޭލުންތެރިކަމާއި ވިސްނުން ތެރިކަމާއެކު ހަށިގަނޑުގެ މިމުހިންމު ވަޒީފާއާ މެދު ސަލާމުވެ، ޝުކުރުވެރި ނުވާންވީ ކީއްވެގެން ހެއްޔެވެ؟ މިއޮތް ރީތި ދިވެހި މާހައުލު އިހުސާސްކޮށް، ތާޒާ ދިވެހި ވައިން ހޭލުންތެރިކަމާއެކު ޕްރެނާޔާމާ ޕްރެކްޓިސް ނުކުރާންވީ ކީއްވެ ހެއްޔެވެ؟