ޗައިލްޑް ޕޯސް

ޗައިލްޑް ޕޯސްއަކީ އަލަށް ޔޯގާ ފަށާ ބައެއް މީހުންނަށް އުނދަގޫ ޕޯސްއެކެވެ. އެކަމަކު ކަށި މަޑު މީހުންނަށް ނިކަން ފަސޭހަ ޕޯސްއެކެވެ.

އުނދަނގުލާއެކު ވެސް ޗައިލްޑް ޕޯސް ޕްރެކްޓިސްއަށް އާދަވާ މީހާގެ ވެސް އެންމެ ފެވަރިޓް ޕޯސްއަކަށް ޗައިލްޑް ޕޯސް ވެދެއެވެ.

ޗައިލްޑް ޕޯސްގައި ކަކުލު ހުޅުން ލަނބާފައި އަތާއެކު މަތިހަށި ބިން މަތީގައި ދަމާލަނީއެވެ. ހަމައެއާއެކު ކޮނޑުންނާއި ކަނދުރާއިން ވާގު ދޫކޮށްލަން ވީއެވެ.

މި ހާލަތުގައި އޮވެ، ދިހަ ފަހަރު ނޭވާ ލާށެވެ.

ސަމާލުކަން ދީގެން މައިންޑްފުލް ކޮށް ހަދަން ހަނދާން ކުރާށެވެ.

މި ޕޯސްއަކީ، ކަނދުރާއާއި ކޮނޑުން ޓެންޝަން ބާލާ ދޭނެ ޕޯސްއެކެވެ. އަރާމު ކޮށް އޮވެލުމަށް ބަނޑު ދަށުގައި ބާލީހެއްވެސް ބޭއްވިދާނެއެވެ.